ޚަބަރު
ދިވެހިރާއްޖޭގެ ޓިވެޓް ދާއިރާއަށް ބައި ޤަރުނު ފުރުމުގެ "ކައުންޓް ޑައުން" އެއް ފަށައިފި

ޓިވެޓް ދާއިރާއަށް ބައި ޤަރުނު ފުރުމުގެ "ކައުންޓް ޑައުން" ފެށުމުގެ ތެރެއިން

ފަރުދުން
26 އޯގަސްޓު 2025، 11:30
26 އޯގަސްޓު 2025، 11:30
ދިވެހިރާއްޖޭގެ ޓިވެޓް ދާއިރާއަށް ބައި ޤަރުނު ފުރުމުގެ "ކައުންޓް ޑައުން" މޯލްޑިވްސް ޕޮލިޓެކްނިކުން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އަމާޒުކޮށް "ކައުންޑްޑައުން ޓު 50th އެނިވަރސަރީ އޮފް ވޮކޭޝަނަލް ޓްރެއިނިންގ އިން ދަ މޯލްޑިވްސް" ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.
ޕޮލިޓެކްނިކްގެ "ކައުންޓް ޑައުން" އިފްތިތާޙްކޮއްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ޕޮލިޓެކްނިކްގެ އެހާރާއި މިހާރުގެ ވެރިން، މުވައްޒަފުން، އެ މުވައްސަސާ ހިންގުމަށްޓަކައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ހަނދާކޮށް ޝުކުރު ޢަދާކުރައްވައިފައެވެ. މީގެ އިތުރުން، މިފަދަ ކާމިޔާބީއެއް ފާހަގަކުރަމުންދާއިރު، އިތުރަށް ކުރަންހުރި މަސައްކަތްތަށް ހުރިކަން ޤަބޫލުކުރަން ޖެހޭކަމާއި، މި މުހިއްމު މަސައްކަތްތަށް ކުރިއަށްގެންދިޔުމަށްޓަކައި، ވަޞީލަތްތަށް ހަރުދަނާރުމުގެ އިތުރުން ވޮކޭޝަނަލް ތަޢުލީމަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
Countdown to 50 years of TVET excellence! The journey to celebrate 50years to technical and vocational education have officially launched by Minister of Higher Education, Labor & Skills, Dr. Ali Hidar Ahmed at Maldives Polytechnic. pic.twitter.com/I0B1HSK4ng
— Maldives Polytechnic (@MVPolytechnic) August 25, 2025
މޯލްޑިވްސް ޕޮލިޓެކްނިކްގެ ތާރީޚަށް ބަލައިލާއިރު، 1975 ވަނަ އަހަރުގެ 14 އޮކްޓޯބަރ ވަނަ ދުވަހު، ދިވެހިންގެ އިޤްތިޞާދަށް މުހިއްމު މަސައްކަތްތަށް ދަސްކޮށްދިނުމަށް އަމާޒުކޮށް ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރ (ވީ.ޓީ.ސީ)ގެ ނަމުގައި ޚާއްސަ މަރުކަޒެއް ވަނީ ޤާއިމްކުރެވިފައެވެ.
އެއަށްފަހު، 1996 ގައި، މި މަރުކަޒުގެ ނަން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (އެމް.އައި.ޓީ.އީ) އަށް ބަދަލުކުރެވުނެވެ. އަދި 1999 ވަނަ އަހަރު މި މަރުކަޒުގެ ނަން ފެކަލްޓީ އޮފް އިންޖީނިއަރިންގ ޓެކްނޮލޮޖީ (އެފް.އީ.ޓީ)އަށް ބަދަލުކުރެވިފައިވާއިރު، 2010 ވަނަ އަހަރު މި މަރުކަޒުގެ ނަން ވަނީ ރަސްމީކޮށް "މޯލްޑިވްސް ޕޮލިޓެކްނިކް" އަށް ބަދަލުކުރެވިފައެވެ.