ޚަބަރު
ހ.ދ. ކުރިނބީގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފަށައިފި

ހ.ދ. ކުރިނބީގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެށުން.

ފަރުދުން
27 އޯގަސްޓު 2025، 09:29
27 އޯގަސްޓު 2025، 09:29
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އޭ.ޓީ.އެމް. ގެ ޚިދުމަތް މިއަދު އިފްތިތާޙުކޮށްފިއެވެ. މިޚިދުމަތް އިފްތިތާޙު ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ތިލަދުންދެކުނު ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބީ.އެމް.އެލް. ގެ ޗެއަރޕަރސަން، ސީ.އީ.އޯ. އަދި ކުރިނބީ ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުރިނބީގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެށުމާ ގުޅިގެން، އެރަށު ކައުންސިލަށް ބީ.އެމް.އެލް. ގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. ފިލާ ކުރިނބީ ކައުންސިލާ ޙަވާލުކޮށްދެއްވީ، ރައީސް ޑރ. މުޢިއްޒެވެ.
ހ.ދ. ކުރިނބީގައި މިއަދު ޤާއިމުކުރެވިގެން ދިޔަ އޭ.ޓީ.އެމް. އަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެހައި ރަށްރަށުގައި އެޚިދުމަތް ޤާއިމުކުރުމަށް ހިންގޭ މަޝްރޫޢުގެ ދަށުން ޤާއިމު ކުރެވިފައިވާ ވަސީލަތެކެވެ. ކުރިނބީގައި އޭ.ޓީ.އެމް. ޚިދުމަތް މިހާރު ލިބޭން ފެށުމުން، މިކަމުގެ ސަބަބުން އެރަށު ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތަކުގައި ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަލްސަފާ އަކީ، ޟަރޫރީ މަފަދަ ޚިދުމަތްތައް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބެން ޖެހުމެވެ. މިކަމުގައި، މީސްްކޮޅު މަދު ރަށްތަކާއި، އާބާދީގެ ގޮތުން ބޮޑު ރަށްތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.