Ads by Stelco

ޚަބަރު

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 10:16

27 އޯގަސްޓު 2025، 10:16

ހދ. ކުރިނބީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. 

ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

މީގެ އިތުރުން ކުރިނބީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކުރައްވާފައެވެ. ކުރިނބީ ސްކޫލް މަލްޓީ ޕަރޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއެވެ. 

ރައީސް ހަދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިނބީއަށް ވަޑައިގެން، އެރަށުގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވާފައިވެއެވެ. ހަމައެއާއެކު ކުރިނބީގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން