Ads by Stelco

ޚަބަރު

ކުރިނބީގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ކުރިނބީގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ކުރިނބީގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 10:45

27 އޯގަސްޓު 2025، 10:45

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްެރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އެމަނިކުފާނުގެ އަރިހުގައި، އެމް.އޭ.ސީ.އެލް. ގެ ސީ.އީ.އޯ. އަދި އެމް.ޑީ. އިބްރާހީމް ޝަރީފް މުޙައްމަދު، އަދި ކުރިނބީ ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހ.ދ. ކުރިނބީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްެރިއޭޝަން ސެންޓަރުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދި ދައުލަތުގެ ވަޒީރުން ޙާޟިރުވެވަޑައިގެން ތިއްބެވިއެވެ. މިރަސްމިއްޔާތު ކުރިއަށް ގޮސްފައި ވަނީ، ރައީސް ދެކުނުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އެފް.އާރް.ސީ. ޤާއިމުކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ. މިގޮތުން، ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި މިކަން ނިންމާލެވޭނޭ ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައިވެއެވެ. ކުޅިވަރާއި މުނިފޫހިފިލުވުމަކީ އަދުގެ ޒުވާނުންނަށް މުހިންމު ދާއިރާއަކަށް ވުމާއެކު، އެދާއިރާއިން ތަރައްޤީ ގެނައުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން، މިއަދު ކުރިނބީގައި ބިނާކުރާން ފެށި އެފް.އާރް.ސީ. އަކީ އެރަށުގެ ކުރިއެރުމާއި ތަހުޛީބުގައި ފެޅި އައު ކުރިއެއް ކަން ފާހަގަކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން