Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދެބައިކުޅަ އެއްބައި މިހުން އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދެބައިކުޅަ އެއްބައި މިހުން އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކަށް ރައީސް ޒިޔާރާތް ކުރެއްވުމުގެ ތެރެއިން: ފޮޓޯ- އެފްޑިސީ

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 10:45

27 އޯގަސްޓު 2025، 10:45

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވީ މިއީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށެވެ.

އެގޮތުން، އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށްވެސް އެފްޑީސީން ވިދާޅުވެފައި ވެއެވެ. 

އެ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައެވެ. އެއާއެކު ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަކީވެސް އެކޯޕަރޭޝަންގެ އަމާޒެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން އިލްތިމާސް ކުރައްވާފައިވެއެވެ. ހަމައެއާއެކު، އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން