ޚަބަރު
ރަސްމާލެ ހިއްކާ ސަރަހައްދުގައި އުޅަނދު ފަހަރު އަޅައިގެން ނުތިބުމަށާއި، ޑައިވް ނުކުރަން އެދިއްޖެ

ރަސްމާލެ: ބޮޑު ސަރަހައްދެއް ހިއްކާ ނިމިފަ

ފަރުދުން
27 އޯގަސްޓު 2025، 03:34
27 އޯގަސްޓު 2025، 03:34
"ރަސްމާލެ" މަޝްރޫއަށް ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކުގައި ދޯނި އެޅުމާއި ޑައިވް ކުރުން ފަދަ ކަންތައް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ސައިޓް "ސީ" އަދި "އީ" ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށެވެ. އެ ކުންފުނިން ވަނީ ވެލި ނަގާ ސަރަހައްދުތަކާއި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އަދި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު ދަތުރުކުރާނެ މަގު ފެންނާނެ ޗާޓު ވެސް އާންމުކޮށްފައެވެ.

ޑްރެޖަރ ދަތުރު ކުރާ މަގު ޗާޓު
އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވް ކުރުން ފަދަ ކަންތައް ކުރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރު ކުރާނަމަ އެ ކަމަށް ސަމާލުވުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ރަސްމާލެ" މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.