ކުޅިވަރު

އެންމެ ގިނަ ހެޓްރިކް : އަޝްފާގް ލިސްޓުގެ ތިންވަނައިގައި

އެންމެ ގިނަ ހެޓްރިކް : އަޝްފާގް ލިސްޓުގެ ތިންވަނައިގައި

އަޝްފާގް

މަރިޔަމް ޔަޢުފާ

މަރިޔަމް ޔަޢުފާ

28 އޯގަސްޓު 2024، 10:40

28 އޯގަސްޓު 2024، 10:40

ފަހަކަށް އައިސް ރާއްޖޭގެ ދިވެހި ފުޓްބޯޅަ އިންޑަސްޓްރީ އާއި މެދު އާންމުންގެ މެދުގައި ހިތްހަމަ ނުޖެހުން ވަރަށް ގިނައެވެ. ކުޅުންތެރިންނާއި ބެލުންތެރިން ވެސް ތިބީ އުންމީދު ކުޑަވެ މާޔޫސްވެފައެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ރައްޔިތުން ވަނީ އުފަލާއެކު ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރާ ބެހޭ ޚަބަރުތައް ހިއްސާކޮށް ރީޕޯސްޓްކޮށްފަ އެވެ.

އިނގިރޭސި ކުޅިވަރު މީޑިއާ ގިވްމީސްޕޯޓް (ޖީއެމްއެސް) އިން 2000 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ މައްޗަށް އަލިއަޅުވާލާ ލިސްޓެއް އާންމުކޮށްފައިވާއިރު، 'ދަނގަޑޭ' ނުވަތަ 'މޭން އޮފް ސްޓީލް' ގެ ނަމުން މަޝްހޫރު ރާއްޖޭގެ ތަރި، އަލީ އަޝްފާގު ވަނީ ފާހަގަކޮށްލެވޭ މަގާމެއް ހޯދައިފަ އެވެ. މިއީ ވަރަށްވެސް ފަހުރުވެރި އުފާވެރި ކަމިޔާބީއެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ފަހަތުން ލިސްޓުގެ ތިން ވަނައިގައި 35 ހެޓްރިކާއިއެކު އޮތީ އަޝްފާގް އެވެ. 31 ހެޓްރިކާއިއެކު ހަތަރު ވަނައިގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ފަސްވަނައިގައި އޮތީ 30 ހެޓްރިކް ހެދި އެލްއޭ ގެލެކްސީގެ ލުއިސް ސުއަރޭޒް އެވެ.

ރޭ އާންމު ކުރެވުނު ލިސްޓުން ފެނިގެންދާ 21 ކުޅުންތެރިންގެ ތެރޭގައި އަޝްފާގާއިއެކު ހިމެނެނީ އޭޝިއާގެ އެންމެ ތިން ކުޅުންތެރިންނެވެ.

އެއީ ސިންގަޕޫރުގެ އެލެކްސެންޑާ ޑުރިކް އާއި ސީރިއާގެ ފިރާސް އަލް ޚަތީބް އެވެ. އާންމުންގެ ތެރޭގައި މަޤްބޫލްކަން ހޯދާފައިވާ އެންމެ މޮޅު

އެއް ފޯވާޑް ކަމަށްވާ ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑަރ ކީލިއަން އެމްބާޕޭ އޮތީ 19 ހެޓްރިކާއިއެކު 18 ވަނައިގައެވެ.

އެންމެ ގިނަ ހެޓްރިކް : އަޝްފާގް ލިސްޓުގެ ތިންވަނައިގައި

އަލީ އަޝްފާގް

އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި އަޝްފާގު ކެރިއަރުގައި ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން 2012 ވަނަ އަހަރު ކެމްބޯޑިއާ އަތުން 4-0 އިން ރާއްޖެ މޮޅުވި މެޗުގައި ދަގަނޑޭ ހެދި ހެޓްރިކަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ރާއްޖެއަށް ފަހުރުވެރިކަން ހޯދައިދިން ސާފް ޗެމްޕިއަންޝިޕުގައި ހެދި ދެ ހެޓްރިކް ފާހަގަކޮށްލެވެއެވެ. އަދި ކްލަބް ލެވެލްގައިވެސް ތަފާތު ކާމިޔާބީތައް ވަނީ ހޯދާފައެވެ.

އޭނާ ވަނީ ކްލަބުގެ 457 މެޗުގައި 409 ގޯލް ކާމިޔާބުކޮށް، ބައިނަލްއަގްވާމީ 98 މެޗުގައި 58 ގޯލު ޖަހާފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވެނީ 2003 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވި ހެޓްރިކެވެ. މީގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި 2012 ވަނަ އަހަރު ކެމްބޯޑިއާ އަތުން 4-0 އިން ރާއްޖެ މޮޅުވި މެޗުގައި ދަގަނޑޭ ހެދި ހެޓްރިކްވެސް ފާހަގަކޮށްލެވެއެވެ. 

އަޝްފާގަކީ ލެގަސީގެ ތެރޭގައި ހަތް ފަހަރު ގޯލްޑަން ޝޫ އެވޯޑާއި އެންމެ މޮޅު ކުޅުންތެރިޔާގެ ފަސް އެވޯޑް ހާސިލްކުރި ކުޅުންތެރިއެކެވެ. 

މި ލިޔުން ކިޔާލުމުން