ޚަބަރު
މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ފޮޓޯ- ރައްޔިތުންގެ މަޖިލިސް އިދާރާ

ފަރުދުން
28 އޯގަސްޓު 2025، 04:37
28 އޯގަސްޓު 2025، 04:37
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ " މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު" އަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާކަމަށެވެ.
އެގޮތުން މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ 23:59ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެއިލް އެޑްރެސްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދިފައި ވެއެވެ.
މީޑިއާ ރެގިއުލޭޓް ބިލު މަޖިލީހުން ބަލައިގަތުމާއެކު ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދަން ގޮވާލާ މަޖިލިސް އިދާރާ އަދި ރައިސް އޮފީީސް ކާރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިއަދު ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.
މި ބައްދަލުވުމުގައި، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމުގަޔާއި، ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.