Ads by Stelco

ޚަބަރު

ބިލް އަނބުރާ ގެންދަން ޖެހޭ ކަމަކަށް ޤަބޫލެއް ނުކުރަން، އިސްލާޙުތަކެއް ގެނެވިދާނެ: ބަންޑާރަ ނައިބު

ބިލް އަނބުރާ ގެންދަން ޖެހޭ ކަމަކަށް ޤަބޫލެއް ނުކުރަން، އިސްލާޙުތަކެއް ގެނެވިދާނެ: ބަންޑާރަ ނައިބު

ބަންޑާރަ ނައިބު އަހްމަދު އުޝާމް. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2025، 05:50

28 އޯގަސްޓު 2025، 05:50

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލު އަނބުރާ ގެންދަން ޖެހޭނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ނަމަވެސް ބިލަށް އިސްލާޙުތަކެއް ގެނެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މި ބިލުގެ މައިގަނޑު މަޤްސަދަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުން ކަމަށެވެ. އަދި މިއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން މަސައްކަތް ކޮށްފައިވާ ކަމެއްކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، މީޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އައްޔަންކުރާ މެމްބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ހިމެނުމާއި ރައީސް އައްޔަންކުރާ ފަރާތެއް ކޮމިޝަނުގެ ރައީސްކަމަށް ހޮވުމެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައިކަން އުޝާމް ފާހަގަކުރެއްވިއެވެ.

އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، މީޑިއާ ކައުންސިލުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ފޮނުވި ބިލުގެ ޑްރާފްޓާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެމެދު މާބޮޑު ތަފާތެއް ނެތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. 

އެހެންކަމުން، މީޑިއާ ކައުންސިލުގެ ޑްރާފްޓް ބިލު މައްސަލައަކަށް ނުވެފައި، މިހާރު ހުށަހަޅާފައިވާ ބިލުގައި މައްސަލައެއް އޮތް ކަމަށް ދައްކަންޖެހޭ ސަބަބެއް ސާފުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް އިތުރަށް ދިރާސާކުރައްވާނެ ކަމަށާއި، އޭގެ އަލީގައި ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެވިދާނެ ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން