ކޮލަމް

74 ދުވަސްތެރޭ ހެދީ ރޭސިންގ ކާރެއް، އޯލެވެލް ނިމުނީ މިއަހަރު!

74 ދުވަސްތެރޭ ހެދީ ރޭސިންގ ކާރެއް، އޯލެވެލް ނިމުނީ މިއަހަރު!

ްއައިޒަން އަމިއްލައަށް ތައްޔާރު ކުރި ކާރުގައި ޓެސްޓު ބުރު ޖަހަނީ: ފޮޓޯ- ޒުވާން އިންޖިނިއަރ

farudhun logo

ފަރުދުން

29 އޯގަސްޓު 2025، 08:04

29 އޯގަސްޓު 2025، 08:04

ސޯޝަލް މީޑިއާގައި މިއަދު އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ މިއަހަރުގެ ޖޫން މަހުގައި އޯލެވެލް ނިންމި ދަރިވަރެއް އަމިއްލައަށް ތައްޔާރު ކުރި ރޭސިންގ ކާރެއްގެ ފޮޓޯ އާއި ވީޑިއޯއަށެވެ. މިއީ މި ދަރިވަރު އޯލެވެލް ނިންމާ، ލިބުނު ކުޑަ ވަގުތުގައި ފުރިހަަމަކުރި މޮޅު އީޖާދެކެވެ. 

އިންޖިނިއަރިންގ ދާއިރާއަށް ޝައުގުވެރިކަން ހުންނަ އަޙްމަދު އައިޒަން އަމްޖަދު، ގެމަނަފުށީ ސްކޫލުން ތަޢުލީމު ޙާޞިލްކޮށް، އޯލެވެލް ނިންމީ މިއަހަރުގެ ޖޫންމަހުގެ 16 ވަނަ ދުވަހުއެވެ. އޯލެވެލް ނިމުމާއެކު ފެށި މި މަސައްކަތް ނިންމާ، ޓެސްޓު ބުރު ޖެހީ އިއްޔެގައެވެ. "ދަރިވަރު" ނޫހަށް  އައިޒަން މަޢުލޫމާތު ދީފައިވާގޮތުން އަމިއްލަ ސްޕޯޓްސް ކާރެއް އުފެއްދުމުގެ ޚިޔާލު އައިޒަންގެ ހިތުތެރޭގައި ގުރޭޑް 8ން ފެށިގެން ދައުރުވަމުން ދިޔަކަމަށެވެ. މިއަދު އަމިއްލަ މަސައްކަތުން ރޭސިންގ ކާރެއް ހަދާ، އަމިއްލައަށް ޓެސްޓު ކުރުމަކީ އައިޒަންގެ ހުވަފެނެއް ޙަޤީގަތަކަށްވުން ކަހަލަ ކަމެކެވެ.

74 ދުވަސްތެރޭ ހެދީ ރޭސިންގ ކާރެއް، އޯލެވެލް ނިމުނީ މިއަހަރު!

އައިޒަން އަމިއްލައަށް ހެދި ރޭސިން ކާރު މަސައްކަތް ކުރިއަށްދިޔައިރު

 އޯލެވެލް އިމްތިޙާނަށްފަހު ފެށި މި މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ސާމާނު ހަމަކުރުން ކަމަށް އައިޒަން ބުނެފައި ވެއެވެ. "ދަރިވަރުު" ނޫހުން ބުނެފައިވާގޮތުން އައިޒަން ކާރުގެ އޮނިގަނޑު ހެދީ ދަނގަޑުން ވެލްޑްކޮށްގެންނެވެ. އެކަން ކުރީ ވެސް އަމިއްލައަށް އެ މަސައްކަތް ދަސްކޮށްގެން ކަމަށް ބުނެފައި ވެއެވެ. އެކިތަންތަނުން އެކި އެއްޗެހި އަމިއްލައަށް ހޯދައިގެން އައިޒަން ހެދި މި ކާރަކީ އެންމެ މީހަކަށް އެރޭ، ދިގުމިނުގައި 10 ފޫޓް، ފުޅާމިނުގައި 4ފޫޓް ހުންނަ ކާރެކެވެ. 

އެކިތަންތަނުން އެއްޗެހި ހަމަކުރިއިރު ސީދާ އެއެއްޗަކާ ގުޅޭ އެއްޗެއް ނުލިބޭނެތާ. ރަށްފުށުވީމާ އެއްޗެއް ހޯދަން ވެސް ފަސޭހަ އެއް ނޫން. ވަރަށް އުނދަގުލުން، ގިނަ އެއްޗެއެއްސަށް އަމިއްލަ މޮޑިފިކޭޝަނެއް ގެނެސްގެން ނިންމާލެވުނީ

އައިޒަން ބުނެފައި ވެއެވެ. 

އައިޒަން މިހާރު ވަނީ އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ 4ގެ ކޯހެއްގައި ބައިވެރިވެ، ކޯސްފެށުމަށް މާލެ އައިސްފައެވެ. ކާރުގެ މަސައްކަތް އައިޒަންއަށް ނިންމާލެވުނީ އިއްޔެވެ. ފުލުހުންގެ އެހީތެރިކަމާއި ހުއްދައާއެކު ޓެސްޓަށް ދުއްވަން ނެރުނީ ގެނަމަފުށީ މަގުތަކަށެވެ. އައިޒަންގެ މި މަސައްކަތަށް ގިނަ ބަޔަކު މިހާރުވެސް ސޯޝަލް މީޑީއާގައި ދަނީ ތަޢުރީފު އޮއްސަމުންނެވެ. އެގޮތުން އައިޒަންއަށް ހުނަރު ތަރައްޤީ ކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި އަގުވަޒަންކުރުމަށް ގޮވާލާފައި ވެއެވެ. 

74 ދުވަސްތެރޭ ހެދީ ރޭސިންގ ކާރެއް، އޯލެވެލް ނިމުނީ މިއަހަރު!

އައިޒަން އަމިއްލައަށް ހެދި ރޭސިން ކާރު

އައިޒަންގެ މި ހުނަރުވެރި މަސައްކަތް ފެނި ރާއްޖޭގެ "ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް" އިން ވަނީ އައިޒަންއާއި ބައްދަލުކޮށް އެކުގައި މަސައްކަތް ކުރުމަށް ފުރުސަތު ދީފައެވެ. 

ބަލާލަން ރީތި މި ރޭސިންގ ކާރު ހެދުމުގައި އައިޒަންއަށް މަންމައާއި ބައްޕަ އަދި އާއިލާ މީހުން އެހީތެރިވިކަން އައިޒަން ފާހަގަ ކޮށްފައިވެއެވެ. ހަމައެއާއެކު ގެމަނަފުށީ ރައްޔިތުންގެ ހިތްވަރުދިނުންވެސް އައިޒަންފާހަގަ ކޮށްފައިވެއެވެ. ހުނަރުން ފުރިގެންވާ އައިޒަން އަށް އިންޖިނިއަރިންގ ދާއިރާގެ އިތުރު ފުރިހަމަ ކާމިޔާބީ އެދެމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން