Ads by Exprox

ޚަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޯޓްގެ ޖެންސެޓެއް

ފުވައްމުލަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޯޓްގެ ޖެންސެޓެއް

ފުވައްމުލަކަށް ފޮނުވާ 1200 ވޯޓްގެ ޖަނަރޭޓަރ- ފޮޓޯ: ފެނަކަ

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 11:55

28 އޯގަސްޓު 2024، 11:55

ފުވައްމުލަކު  ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޯޓްގެ ޖެންސެޓެއް އެރަށަށް ގެންދިޔުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފުވައްމުލަކު ސިޓީގައި ހުރި ޖަނަރޭޓަރު ސެޓުގެ މައްސަލަ ކުރިމަތިވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވުމާއެކު އެޙާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުންފުނިންވަނީ ހާމަކުރައްވާފައެވެ.

ލޯޑް ބޮޑުވެ ކަރަންޓް  ޚިދުމަތަށް ބުރޫއަރަން ފެށުމުން އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކު ސިޓީއަށް މީގެ ކުރިން ވަނީ ވަގުތީ ގޮތުން ފޮނުވާފައެވެ. މިފަހަރު މި ފޮނުވޭ 1200 ވޯޓްގެ ޖަނަރޭޓަރ ސެޓަކީ ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ  ޙައްލެއް ކަމަށް ފެނަކައިން ބުނެއެވެ. 

<blockquote class="twitter-tweet"><p lang="dv" dir="rtl">ޏ. ފުވައްމުލަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޯޓްގެ ޖެންސެޓެއް އެރަށަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށް ދަނީ.<a href="https://twitter.com/hashtag/TeamFenaka?src=hash&amp;ref_src=twsrc%5Etfw">#TeamFenaka</a> <a href="https://t.co/mq1xuiiSri">pic.twitter.com/mq1xuiiSri</a></p>&mdash; Fenaka Corporation Ltd (@TeamFenaka) <a href="https://twitter.com/TeamFenaka/status/1828427138082709592?ref_src=twsrc%5Etfw">August 27, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ފުވައްމުލަކަށް މިއަހަރުގެ ކުރީކޮޅުވެސް ކަރަނޓުގެ މައްސަލަތައް ދިމާވެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 1200 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދާ އެސިޓީއަށް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިހާރު ކުރަމުން އަންނަނީ ފުވައްމުލައް ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓް މައްސަލަ ހައްލުކުރުމަށް ކަމަށް ފެނަކައިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco