ޚަބަރު
އަމީނިއްޔާ ސްކޫލު އިދާރީ މުވައްޒަފުންނަށް ރިވެތި ޞިފަތަކާއި ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފި

އަމީނިއްޔާ ސްކޫލު އިދާރީ މުވައްޒަފުންނަށް ރިވެތި ޞިފަތަކާއި ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފި

ފަރުދުން
31 އޯގަސްޓު 2025، 12:40
31 އޯގަސްޓު 2025، 12:40
އަމީނިއްޔާ ސްކޫލުގެ އިދާރީ މަސައްކަތްކުރާ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރިއަށް ގެންދެވުނު މަސައްކަތުގެ ތެރެއިން، ރިވެތި ޞިފަތަކާއި ސްޓްރެސް މެނޭޖަމަންޓާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ޕްރިވެންޝަނާއި އަމީނިއްޔާ ސްކޫލު ގުޅިގެންނެވެ.
މި ސެޝަނުގައި އަލިއަޅުވާލެވުނު ކަންކަމުގެ ތެރޭގައި، ކެތްތެރިކަމާއެކު މަސައްކަތްކުރާނެ ގޮތާއި، ތިމާއަކީ އެހެން މީހުންނަށް ނަމޫނާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށްވުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ. އަދި ވަޤުތަށް ކަމޭހިތުމުގެ މުހިންމުމަކާއި، ގުޅިގެން މަސައްކަތްކުރުމުގެ ފައިދާތަކުގެ ވާހަކަ ވެސް މިސެޝަންގައި ޙިއްޞާކޮށްފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސެޝަންގައި އިތުރަށް ދެވުނު މަޢުލޫމާތުގެ ތެރޭގައި ސްޓްރެސް މެނޭޖްމެންޓެ ހިމެނެއެވެ. މިގޮތުން، ކޮންމެ މަސައްކަތަކީ ވެސް އެ މަސައްކަތުގައި ފިކުރުތަކާއި ހިތް ނުތަނަވަސްވުން އެކުލެވޭ މަސައްކަތަކަށްވުމާއެކު މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކި ކަންކަމާއި އެކަމުގެ ސަބަބުން ސްޓްރެސް މަތިވާން ދިމާވާ ސަބަބުތަކާއި ސްޓްރެސް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި ޞުލްޙަވެރިކަމާއެކު އެ ކަންކަން ޙައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ތަފްޞީލީ ގޮތެއްގައި ވާހަކަދެކެވިފައިވެއެވެ. ހަމައެހެންމެ، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މުވައްޒަފުންގެ މެދުގައި ފަހި ވިސްނުން ގެންގުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ސެޝަނުގެ ތެރެއިން ކިޔައިދެވިފައިވާނެއެވެ.
މުވައްޒަފުންނަކީ މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް އެނގިގެން މަސައްކަތްކުރާ އަދި މިފަދަ ކަންތައް ޙައްލުކުރަން އެނގޭ މުވައްޒަފުންނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ޙިސާބުތަކުގައި މައުލޫމާތު ދިނުމުގެ މިފަދަ ސެޝަންތައް ހިންގަމުންނެވެ. މިކަންކަމަކީ އެކި ދާއިރާތަކުގެ މަސައްކަތީ ނިޡާމު ވަރުގަދަކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
އަމީނިއްޔާ ސްކޫލު އިދާރީ މުވައްޒަފުންނަށް ރިވެތި ސިފަތަކާއި ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފިhttps://t.co/GnNXil0pxh pic.twitter.com/cGZbaM8ipJ
— Maldives Police (@PoliceMv) August 31, 2025