Ads by Stelco

ޚަބަރު

"އިޙުސާސްތައް ބަޔާންކުރުން": އިސްރަށްވެހީންނަށް ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

"އިޙުސާސްތައް ބަޔާންކުރުން": އިސްރަށްވެހީންނަށް ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

"އިޙުސާސްތައް ބަޔާންކުރުން" ސެޝަނުގެ ތެރެއިން.

farudhun logo

ފަރުދުން

31 އޯގަސްޓު 2025، 02:39

31 އޯގަސްޓު 2025، 02:39

"އިޙުސާސްތައް ބަޔާންކުރުން" މިނަމުގައި އިސްރަށްވެހީންނަށް އަމާޒުކޮށްގެން ސެޝަނެއް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ  އިސްރަށްވެހީންގެ ނާދީ އާއި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގުޅިގެންނެވެ.

މިސެޝަންގައި އެކި ޙަރަކާތްތަކުގެ ތެރެއިން އަލިއަޅުވައިލެވިގެން ދިޔަ މައުޟޫޢަކީ: މުޢާމަލާތުކުރުމުގައި ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް އެކަކު އަނެކާ އޮންނަ ގުޅުން ހީނަރުވިޔަ ނުދީ، ކުރިއަށް ގެންދެވިދާނެ ގޮތްތަކުގެ މައްޗަށެވެ. މިސެޝަނަކީ އިސްރަށްވެހީންގެ ނާދީ އާއި ޒުވާނުން ބާރުވެރިކުރުވުމުގެ ވުޒާރާއާ ގުޅިގެން ސިލްސިލާ ގޮތެއްގައި ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ބައެއް ކަން ވެސް ފާހަގަކުރަމެވެ.

ހުޅުމާލޭ އިސްރަށްވެހީންގެ ނާދީގައި ކުރިއަށް ގެންދިޔަ "އިޙުސާސްތައް ބަޔާންކުރުން" ސެޝަނުގައި ޖުމުލަ 25 އިސްރަށްވެހީން ބައިވެރިވެފައިވާ ކަމަށް އިޖުތިމާޢީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އިސްރަށްވެހީންގެ ނާދީގައި ހިންގޭ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ފަހިވެގެންވެއެވެ. މިޝަރުޠު ހަމަވާ ކޮންމެ ބޭފުޅަކަށްމެ ހުޅުމާލޭ އިސްރަށްވެހީންގެ ނާދީއަށް ވަޑައިގެން މިޙަރަކާތްތަކުގައި ބައިވެރިވެވިދާނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ފިއްލެވުމަށް، ހުޅުމާލޭ އިސްރަށްވެހީންގެ ނާދީގެ ނަންބަރު 3027587 އަށް ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން