Ads by Stelco

ޚަބަރު

އިންޓަރނެޓުގެ ޢިލްމީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް އައި.ޔޫ.އެމް. ގެ ފަރާތުން މާދަމާ ސެޝަނެއް ބާއްވަނީ

އިންޓަރނެޓުގެ ޢިލްމީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް އައި.ޔޫ.އެމް. ގެ ފަރާތުން މާދަމާ ސެޝަނެއް ބާއްވަނީ

ސެޝަން ފްލަޔަރ

farudhun logo

ފަރުދުން

31 އޯގަސްޓު 2025، 02:59

31 އޯގަސްޓު 2025، 02:59

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އަިއ.ޔޫ.އެމް.) ގެ ފަރާތުން ކުރިއަށްގެންދާ "އޮންލައިން އިންފޮރމޭޝަން ލިޓްރަސީ ސީރީޒް" ގެ ދަށުން "ލައިބްރަރީ އޮންލައިން ރިސޯސަޒް"ގެ ނަމުގައި މާދަމާ ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިސެޝަންގެ މަޤުޞަދަކީ އެބްސްކޯ ފަދަ އެކި ވެބްސައިޓްތައް މެދުވެރިކޮށް ރިސަރޗް ޕޭޕަރުތައް ހޯދުމާއި، ދިރާސާތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމާއި، އެމަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، މަޢުލޫމާތުތައް ތަރުޖަމާކުރުމަށް އަހުލުވެރިކުރުވުމެވެ.

މާދަމާ (01 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު) 16:30 އިން 17:30 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އޮންލައިން ސެޝަން ފެސިލިޓޭޓް ކޮށްދެއްވާނީ އައި.ޔޫ.އެމް. ލައިބްރަރީގެ ޗީފް ލައިބްރޭރިއަން، ފާޓިމަތު ނަޝަތެވެ. ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިންކު މެދުވެރިވެ ރަޖިސްްޓްރީވެވޭނެއެވެ. ނުވަތަ ފޮޓޯގައިވާ ކިޔު.އާރް. ކޯޑު ސްކޭން ކުރެވިދާނެއެވެ.

https://forms.gle/9k7oYhXbt2zSPpZZ8

Ads by MSS

މި ލިޔުން ކިޔާލުމުން