ދުނިޔެ

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 812 މީހުން މަރުވެ، 2700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 812 މީހުން މަރުވެ، 2700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އަފްގާނިސްތާނަށް ރޭގެ ވަގުތެއްގައި އައި ބިންހެލުމުގައި ލިބިފައިވާ ބައެއް ގެއްލުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ސެޕްޓެމްބަރު 2025، 05:43

01 ސެޕްޓެމްބަރު 2025، 05:43

އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް،  ރޭގެ ވަގުތެއްގައި ވަރަށް ބާރުގަދަ ބިންހެލުމެއް އައިސް، 812 މީހުން މަރުވެ، 2700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. މިހާދިސާގައި އެތައް ސަތޭކަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި، މި ބިންހެލުމުގެ ބާރުމިނަކީ 6.0 މެގްނިޓިއުޑެވެ. ނަންގަރްހާރްގެ ޖަލާލާބާދު ކައިރިން މޫދުގެ އަޑިން 8 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމަކީ، އެހާ ތިލައިންއައި ބިންހެލުމަކަށް ވުމުން ގެއްލުންތައް ބޮޑުވެފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ފުރަތަމަ ބިންހެލުމަށްފަހު، 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް ފަސްފަހަރަށްވަނީ އައިސްފައެވެ.

އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ކުނާރް ޕްރޮވިންސަށެވެ. އެތަނުން 800 އަށް ވުރެ ގިނަ މީހުން މަރުވެ، 2500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، އެތައް ރަށެއް ވަނީ ބިމާ ހަމަވެފައެވެ. ނަންގަރްހާރް ޕްރޮވިންސުން 12 މީހުން މަރުވެ، 255 މީހުން ޒަޚަމްވެފައިވެއެވެ. ލަގްމާން އިން ވެސް ގެއްލުންތައް ރިޕޯޓްކޮށްފައި ވެއެވެ. ކުނާރްގައި ސަތޭކަ ވަރަކަށްގެ ވެއްޓިފައިވާ ކަމަށް ސަލާމަތްވި މީހުން ބުނެފައި ވެއެވެ. މިކަން ސިފަކޮށްފައިވަނީ  ދިހަވަރަކަށް އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

ޠާލިބާން ސަރުކާރުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވަނީ މިހާދިސާގައި ލިބުނު ގެއްލުންތައް ކަށަވަރުކޮށްދެއްވާފައެވެ. އަދި ސަލާމަތީ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، ދިމާވާ ދަތިތަކާ އެކު ވެސް، ދިރާސީ މަސައްކަތްތަކަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ. ކައިރީގައި ހުރި ޕްރޮވިންސްތަކުން ރިލީފް ޓީމުތައް ވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އދ. އިން ވަނީ މި ހާދިސާއަށް ހިތާމަ ފާޅުކޮށް، އެމަރޖެންސީ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށާއި، އަވަސް އެހީތެރިކަމާއި ފުރާނަ ސަލާމަތް ކުރުމުގެ އެހީ ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ.

ބިންހެލުމުގެ ސަބަބުން، ހިކިފަސް ކެނަލް މަގުތައް ބަންދުވެ، މުއާސަލާތީ ނިޒާމުތައް ހަލާކުވެ، ސަލާމަތީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް ސޯކޭ ޑިސްޓްރިކްޓްގެ ދޭވާ ގުލް އަދި ނޫރްގަލް ޑިސްޓްރިކްޓްގެ މާޒަރް ދާރާއަށް ދިއުމަށް ހުރަސް އެޅިފައި ވެއެވެ. އަދި ބައެއް ރަށްތަކުގައި މަށީގެ އަދި ހިލައިގެ ގެތައް ވެއްޓި، ހިކިފަސް ކެނަލުން ގިނަ ގޭބިސީތަކެއް ވަނީ ވަޅުލެވިފައެވެ. ގިނަ ސަރަހައްދުތަކާ އަދިވެސް ގުޅުން ކެނޑިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

އަފްޣާނިސްތާނަކީ ބިންހެލުމުގެ ނުރައްކާ ބޮޑު ގައުމެކެވެ. އެއީ ހިންދޫކުޝް ފަރުބަދަތަކުގައި، ބިންގަނޑު ގުޅޭ ސަރަހައްދެއްގައި އޮންނަ ގައުމެއް ކަމުން، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެއެވެ. މި ބިންހެލުން އައުމުގެ އެއް ދުވަސް ކުރިން، ނަންގަރްހާރަށް ބޯ ވާރެއާއިއެކު ފެންބޮޑުވުމުގެ ސަބަބުން ފަސް މީހުން މަރުވެ، ދަނޑުބިންތަކާއި މުދަލަށް ގެއްލުންވެފައި ވެއެވެ.

މީގެ ކުރިން 2022 ވަނަ އަހަރުގެ ޖޫން މަހު 5.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ޕަކްތީކާ ޕްރޮވިންސަށް އައިސް، 1000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައި ވެއެވެ. އަދި 2015 ވަނަ އަހަރު، 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަފްޣާނިސްތާނާއި ޕާކިސްތާނަށް އައިސް، 380 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެ ހާދިސާގައި އަފްޣާނިސްތާނުގެ 12 ސުކޫލު ކުދިން ވަނީ ބިރުން ފިލަންދުވުމުގެ ތެރޭގައި މަރުވެފައެވެ.

އަފްޣާނިސްތާނަކީ ނގުރާމައާއި ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. އެތައް އަހަރުގެ ހަނގުރާމަތަކުގެ ސަބަބުން އެގައުމު ވަނީ ބަލިކަށިވެފައެވެ. ޠާލިބާން ވެރިކަމަށް އައިސްފައިވާތީ، ބައިނަލްއަގްވާމީ އެހީތެރިކަން ވެސް ވަނީ މަދުވެފައެވެ. މިކަމުގެ ސަބަބުން، ކާރިސާތަކަށް އެހީވުމުގެ މަސައްކަތްތައް ވަނީ އިތުރަށް ދަތިވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން