Ads by Stelco

ޚަބަރު

ނ. ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވާ، އެ ބައިވެރިންނަށް މަރުޙަބާ ކިޔައިފި

ނ. ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވާ، އެ ބައިވެރިންނަށް މަރުޙަބާ ކިޔައިފި

ނ. ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަށް ހޮވުނު ބައިވެރިން

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 09:52

02 ސެޕްޓެމްބަރު 2025، 09:52

ނ. ހޮޅުދޫ ރަންތަރި ޤުރުޢާން މުބާރާތަށް ބައިވެރިން ހޮވާ, އެ ބައިވެރިންނަށް މަރުޙަބާ ކިޔުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. 

ހޮޅުދޫއަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމޢިއްޔާއިން ކުރިއަށްގެންދާ މި މުބާރާތަކީ ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ނިމިދިޔަ ހުކުރުދުވަހު ނ. ހޮޅުދޫ ހޮޅުވެށީގައި ރަންތަރި ޤުރުޢާން މުބާރާތަށް ބައިވެރިން ހޮވުމަށް ކުރިއަށްދިޔަ ރަސްމިއްޔާތު ޝާރަފުވެރި ކޮށްދެއްވީ މޭނާ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މުޙައްމަދެވެ. ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްވަމުން އަޙްމަދު މުޙައްމަދުު ވިދާޅުވީ، މިއީ ހޮޅުދޫގެ ތާރީޚު ބަދަލުކޮށްލާނެ ތަފާތު މުބާރާތެއްކަމަށެވެ. އެއާއެކު މުބާރާތް އިންތިޒާމްކުރާ ފަރާތަށް ޝުކުރު އަދާކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބޭސްގެ ސީ.ޕީ ވިދާޅުވީ، ބައިވެރިންނަށް ދެވޭ  ދެމަސްދުވަހުގެ ޚާއްސަ ޓްރެއިނިންގ، މި ސެޕްޓެމްބަރ މަހު ފަށާނެކަމުގެ ޔަޤީންކަން ދެއްވާ ކަމުގައެވެ. 

ހުކުރު ދުވަހުގެ ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިންނަށް، މުބާރާތަށް ހޮވުނުކަމުގެ ފިލާ ހަވާލުކޮށްފައިވެއެވެ. ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަކީ އެހެން ޤުރުއާން މުބާރާތްތަކާ ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ބޭސް ޖަމްޢިއްޔާގެ ޗެއަރޕާސަން، އިސްމާއިލް ޚަލީލް، "ފަރުދުން"އަށް މީގެ ކުރިން ވިދާލުވެފައި ވެއެވެ. އެގޮތުން އާންމު ގޮތެއްގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައި ވަކިކޮށް ކުރިޔަށްގެންދާއިރު، މި މުބާރާތުގައި ކޮންމެ ބައިވެރިއަކު ވެސް ބަލައިގެންނާއި ހިތުން ކިޔަވަންޖެހެއެވެ. ޖުމްލަ 4 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 4 ރައުންޑެއް ބޭއްވުމަށް ނިންމާފައިވާއިރު، ފައިނަލް ރައުންޑަށް ދާނީ 5 ބައިވެރިންނެވެ.

ބޭސްއިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. ފައިސާގެ އިނާމުގެ އަދަދު އަދި ފައިނަލް ކުރެވިފައި ނެތަސް، މި އަދަދު 25،000ރ. އަށް ވުރެ ކުޑަ ނުވާނެކަމަށް ހާމަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން