Ads by Stelco

ޚަބަރު

ވޭޕްގެ މައްސަލައިގައި އޯގަސްޓު މަހު 30 މީހަކު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

ވޭޕްގެ މައްސަލައިގައި އޯގަސްޓު މަހު 30 މީހަކު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރަމުންދިޔަ ތަނެއް: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 10:27

02 ސެޕްޓެމްބަރު 2025، 10:27

މިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައި ވާގޮތުން މިދިޔަ މަހު ވޭޕާއި ގުޅުންހުރި 11 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެގޮތުން މިދިޔަ މަހު ރިޕޯޓުކުރި 11 މައްސަލައިގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕްއާ އެފަދަ އާލާތްތައް ގެންގުޅުމުގެ 4 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައެއްގެ އިތުރުން ވޭޕާއި ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 30 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. އަދި މިމައްސަލަތަކުގައި ޖުމްލަ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި މީގެތެރޭގައި ހިމެނެނީ ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނު ކަމުގެ 16 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 65000 ރުފިޔާއެވެ. އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 85000 އަރާފައިވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ވަނީ އިސްލާހުގެނެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން