Ads by Stelco

ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ބ. އަތޮޅު ކައުންސިލުން ސުޕްރީމް ކޯޓަށް ހުށައަޅަނީ

އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ބ. އަތޮޅު ކައުންސިލުން ސުޕްރީމް ކޯޓަށް ހުށައަޅަނީ

ސުޕްރީމް ކޯޓު/ފޮޓޯ: ވަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ސެޕްޓެމްބަރު 2025، 12:21

02 ސެޕްޓެމްބަރު 2025، 12:21

އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ބ. އަތޮޅު ކައުންސިލުން ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމައިފިއެވެ.

އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުން މަދު ކުރުމަށް ލޯކަލް ކައުންސިލްތަކާ ބެހޭ ޤާނޫނަށް އިސްލާޙު  ގެންނަވަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

 ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ވެސް މިކަމަށް ހެކިވާނެ ކަމަށެވެ. އެހެންކަމުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ޤާނޫނު އަސާސީ އިސްލާހުނުކޮށް މިކަމެއް ނެތްވާކަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓްލާންދާއިރު އަތޮޅު ކައުންސިލް ހޮވާކަށް ވޯޓްލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމަ އިތުރަށް ރައްޔިތުން ބާރުވެރިވާނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ބ. އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ، އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެކަން ހުއްޓުވަން ގޮވާލުމަށް މަޖިލީހަށް ބަޔާނެއް ނެރުމަށް ނިންމައިފައެވެ. ހަމަ އެހެންމެ، އެ މައްސަލަ ކުށްވެރިކުރައްވާ، މައްސަލަ ސުޕްރީމް ކޯޓަށް ހުށއެޅުމަށް އެ ކައުންސިލުން ވަނީ ނިންމައިފައެވެ. 

މީގެ އިތުރުން،  ބ. އަތޮޅު ކައުންސިލުން ވަނީ، އެހެން އަތޮޅުތަކުގެ ކައުންސިލްތަކަށް ދަޢުވަތު ދީގެން މާލޭގެ މަގުތަކުގައި މިކަމާއި ގުޅޭ އިހުތިޖާޖު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން