Ads by Exprox

ޚަބަރު

ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ- މިނިސްޓަރ ޠާރިޤް

ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ- މިނިސްޓަރ  ޠާރިޤް

ދ.ކުޑަހުވަަހޫގައި ބޭއްވި ޖަލްސާގެ ތެރެއިން- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 12:22

28 އޯގަސްޓު 2024، 12:22

ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކެއްގައި އަދި ވިޔަފާރިކުރާ ތަންތަނެއްގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށް  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމުމަށް ރޭ ބޭއްވި ޖަސްލާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެކަމަށާއި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ ކަމަށެވެ.  އަދި ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށްގެންދެވުނު މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ގެނެވުނު އިންޤިލާބީ ކުރިއެރުމެއްކަންވެސް ވަޒީޒު ފާހަގަ ކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ކުޑަހުވަދޫގައި ހަރުކުރި މީޓަރުތަކަކީ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މީޓަރުތައް ކަމަށެވެ. ސްމާޓް މީޓަރާ އެކު ކޮންމެ ދުވަހަކު ވެސް ކަރަންޓް ހޭދަކުރާ އަދަދު ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco