Ads by Stelco

ޚަބަރު

ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް، ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ސެޕްޓެމްބަރު 2025، 09:04

03 ސެޕްޓެމްބަރު 2025، 09:04

ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން  ގުޅިފަޅުން ގޯތިލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށާފައިވާއިރު، މިއީ ބިން ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީކަމަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކުރިން ހާމަކޮށްފައެވެ. 



ގުޅީ ފަޅުގައި މި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢާއެކު، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ. އެއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައި ވުމުންނެވެ. 

މީގެއިތުރުން، ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ތަޢުލީމީ ޚިދުމަތާއި، ސިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތައް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން