ޚަބަރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޚާއްޞަ އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެމް.އެސް.އެމް.އީ އެވޯޑް 2025 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު: ފޮޓޯ- ރައީސް އޮފީސް

ފަރުދުން
04 ސެޕްޓެމްބަރު 2025، 09:50
04 ސެޕްޓެމްބަރު 2025، 09:50
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޚާއްޞަކޮށް ދޭ އެވޯޑު، "އެމް.އެސް.އެމް.އީ އެވޯޑް 2025" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ބީސީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން 24 ދާއިރާއަށް ކަމަށެވެ. އެއީ ޖަޖުކުރެވޭ ގިންތީގެ ދަށުން 13 ދާއިރާއަކާއި، ޕޮޕިއުލާ އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރެކެވެ.
އެމް.އެސް.އެމް.އީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ. އެމް.އެސް.އެމް.އީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްޞަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު، "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު"ގައި ބަޔާން ކޮށްފައިވާނެ ކަމަށް ބީސީސީން ބުނެފައި ވެއެވެ.
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.