Ads by Exprox

ޚަބަރު

ކުޑަހުވަދޫގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ޚިދުމަތްދޭން ފަށައިފި

ކުޑަހުވަދޫގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ޚިދުމަތްދޭން ފަށައިފި

ސްމާޓް މީޓަރ ޙިދުމަަތް ފެށުމަށް ކުޑަހުވަދޫގައި ބޭއްވުނު ރައްމިއްޔާތުގެ ތެރެއިން- ފޮޓޯ:ފެނަކަ

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 05:14

28 އޯގަސްޓު 2024، 05:14

ހުލާސާ

  • ފެނަކަ ސްމާޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި ސްމާޓް މީޓަރ ހަރުކޮށް ނިންމާލައިފި
  • ފެނަކައިން ވަނީ ސްމާޓް މީޓަރ އެޕްލިކޭޝަންވެސް އިފްތިތާޙްކޮށްފައި
  • ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ



ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ފެށި ސްމާޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި ސްމާޓް މީޓަރ ހަރުކޮށް ނިންމާލައިފިއެވެ.

ފެނަކަ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި ސްމާޓް މީޓަރ ހަރުކޮށް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިން ވަނީ ސްމާޓް މީޓަރ އެޕްލިކޭޝަންވެސް އިފްތިތާޙްކޮށްފައެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމަޓް ޗޭންޖް އެނަވަޔަރަމެންޓް އެންޑް އެނަރޖީ  ޠާރިޤް އިބްރާހިމްއެވެ. މި އެޕްލިކޭޝަންގެ ޒަރީއާއިން ފެނަކައިގެ ސްމާޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެއެވެ. 

ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ މީޓަރުތައް ހަރުކޮށް، ޕައިލެޓް ޕްރޮގްރާމް ފެށީ ކުޑަހުވަދޫގަ އެވެ. މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ. ކުޑަހުވަދޫ އާއި ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ވެސް ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި، ހދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގައިވެސް މި ޕްރޮޖެޓްކް ދަނީ ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކަރަންޓްގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި ފާއިތުވީ 5 އަހަރު މިކަމަށް ވަރަށް ބޮޑަށް އިހުމާލުވެ އަޅާނުލެވި ދޯކޮށްލެވިފައިވާ ކަމެއް ކަމަށްވެސް ސަރުކާރުން  ވަނީ ފާހަގަކޮށްފައެވެ. ކުރިއަށް އޮތް އަހަރު ތަކުގައި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. 






ފެނަކަ ސްމާރޓް މީޓަރ ޕްރޮޖެކްޓަކީ ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއިފަސޭހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އިފްތިތާޙްކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco