Ads by Stelco

ޚަބަރު

ހަނދުކޭތަ ލޮލަށް ފެންނަން ފަށާނީ 9:30 ގެ ފަހުން: މެޓް

ހަނދުކޭތަ ލޮލަށް ފެންނަން ފަށާނީ 9:30 ގެ ފަހުން: މެޓް

މެޓުން އާންމުކޮށްފައިވާ ފޮޓޯ

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2025، 03:08

07 ސެޕްޓެމްބަރު 2025، 03:08

ހަނދުކޭތަ ލޮލަށް ފެންނަން ފަށާނީ މިރޭ 9:30 ގެ ފަހުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ވިދާޅުވެއްޖެއެވެ. 

މެޓުން ވިދާޅުވީ މިރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައި ކަމަށެވެ. ހަނދުކޭތަ ލޮލަށް ފެންނަން ފަށާނީ މިރޭ 9:30 ގެ ފަހުން ކަމަށާއި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 23:11 ގައި ކަމަށްވެސް ވިދާޅުވިއެވެ.  މެޓުން ވިދާޅުވީ ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ގައިި ކަމަށެވެ. 


މި ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ. ކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 23:12 (ރޭގަނޑު 11:12) ގައެވެ.

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ ކަމަށާއި ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް އެ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން