ޚަބަރު
މި ހަފުތާތެރޭ ފްލެޓްތަކަށް މީހުން ވައްދަން ފަށާނެ: އެފްޑީސީ

އެފްޑީސީން ތަރައްޤީ ޤާއިމްކޮށްފައިވާ ފްލެޓް: ފޮޓ- މޯލްޑިވްސް ޖާނަލް

ފަރުދުން
08 ސެޕްޓެމްބަރު 2025، 12:01
08 ސެޕްޓެމްބަރު 2025، 12:01
ފަހި ދިރިއުޅުން ކޯޕަރޭޝަން, އެފްޑީސީން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ހަފުތާ ތެރޭ މީހުން ވެއްދުމުގެ މަސައްކަތް ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ކުރިން ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމުގައެވެ. އަދި، ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަ ލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ކުރިން ބުނެފައި ވެއެވެ.
ހަމައެއާއެކު މި ހަފުތާ ތެރޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ. އެފްޑީސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000އަށްވުރެ ގިނަ މީހުންނާ އެކު ވަނީ ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.