Ads by Exprox

ޚަބަރު

މިސްކިތްތަކުން ވައްކަން ކުރުން ހައްދުން ނައްޓާފަ

މިސްކިތްތަކުން ވައްކަން ކުރުން ހައްދުން ނައްޓާފަ

އީދު މިސްކިތުން ވަގަށް ނަގާފައިވާ ބަައެއް ތަކެތި- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 03:04

28 އޯގަސްޓު 2024، 03:04

މިސްކިތްތަކުން ވައްކަން ކުރުން ހައްދު ފަހަނަޅައި ގޮސް އީދު މިސްކިތް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ވެސް ވައްކަން ކޮށްފިއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ، މިސްކިތް ބަންދު ކޮށްފައިވަނިކޮށް ވައްކަން ކޮށްފައިވަނީ ރޭ އިރުއޮއްސި 06:00 އާއި 10:00 އާ ދޭތެރޭގައި ކަމަށެވެ. މި ފަހަރު ވަގަށް ނެގާފައިވަނީ 13 ބޮތްކާއި 8 ފަންކާގެ ނަރުތައް  ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅައިފައި އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން  އީދު މިސްކިތުން ވައްކަން ކުރާ މައްސަލަތައް ވަނީ ފެންމަތިވެފައި ވެއެވެ. އީދު މިސްކިތް ނޫނަސް މާލޭގެ ގިނަ މިސްކިތްތަކުން ވައްކަން ކުރުން ވަނީ އިތުރުވެފައެވެ. 

މިކަމާ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ފުލުހުން ދަނީ މިކަން ކުރާ މީހުންގެ މަޢުލޫމާތުތައް އާންމުކޮށް ވީޑިއޯވެސް އާންމު ކުރަމުންނެވެ. މިސްކިތްތަކުގައި ކެމެރާ ހަރުކޮށްފައި ހުރިނަމަވެސް ވައްކަން ކުރުމުގެ މައްސަލައަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco