Ads by Stelco

ޚަބަރު

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ޙަރަކާތްތެރިވަނީ

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ޙަރަކާތްތެރިވަނީ

ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ.

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2025، 10:11

09 ސެޕްޓެމްބަރު 2025، 10:11

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ވަދެ، ޙަރަކާތްތެރިވާން ފަށައިފިއެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ މީހުން ތިބޭ އެ ސެންޓަރަށް ފުލުހުން ވަނީ، އެ ތަނުގައި ގެންގުޅުން މަނާ ބައެއް ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނޭޝަނަލް ޑްރަގު އެޖެންސީ (އެން.ޑީ.އޭ.) ގެ ޗެއަރމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ޙުސައިން ވިދާޅުވީ، ޝައްކެއް ތުހުމަތެއް ނެތި ވެސް، އެން.ޑީ.އޭ. ގެ ދަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ދޭތެރެއަކުން އޮޕަރޭޝަންތައް ހިންގާ ކަމަށެވެ. ނަމަވެސް، މިއަދުގެ އޮޕަރޭޝަން ކުރިއަށް ދަނީ ފޯނު ވައްދައިގެން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށް ލުބްނާ މަޢުލޫމާތު ދެއްވިއެވެ.

މި އޮޕަރޭޝަނުގައި މުޅި ރީހެބް ސެންޓަރު ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން