Ads by Stelco

ޚަބަރު

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މަޑިފުށީ މަގުތައް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 09:23

09 ސެޕްޓެމްބަރު 2025، 09:23

ހުލާސާ


ކޮޅުމަޑުލު މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 82.9 މިލިއަން ރުފިޔާއަށް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާގޮތަށެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ. މި ރަސްމިއްޔާތުގައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދާއި އާރްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން މަޑިފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ދެ އަހަރުގެ މުއްދަތެއް ދީފައިވާއިރު، މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރެވޭނެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް އާރްޑީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ރަށްރަށުގެ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެންނެވެ.

މަގުތައް ތަރައްޤީކުރުމުގައި އެންމެ އިސްކަމެއް ދެނީ ރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް އަލުން ހެދުމަށެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން