ކޮލަމް

"ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ"

"ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ"

ފޮޓޯ: އަރޓިފިޝަލް އިންޓެލިޖެންސް

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2025، 03:48

10 ސެޕްޓެމްބަރު 2025، 03:48

"ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ

        ހިލޭކޮށްނުލައްވާ ވޮލަންޓިއަރުނޭ ދެން އެދޭ ދަރިވަރުންނަށް އެހީ ދެއްވަވާ"

އަޅުގަނޑު ބޮޑުވެގެން އައި އިރު މިލަވަ އަކީ "ކުރީ ޒަމާނުގެ" ލަވައެއްކަމަށް ދެކެމެވެ. ރާގާއި އަޑަށް ޝައުޤުވެރިވީ ނަމަވެސް ޅެމާއި މާނައަށް އެއްވެސް ޝައުޤުވެރިކަމެއް އޭރަކު ނެތެވެ. ނަމަވެސް އަބަދުވެސް އިވޭ އަޑެއް އޮވެއެވެ. "އޭނާ އަކީ އަސާސީ ތަޢުލީމު ނިންމާފައި ހުރި މީހެއް" މިހެންނެވެ. މިތަނުގައި މިބުނާ އަސާސީ ތަޢުލީމަކީ ކޮބާތޯއެވެ؟ 

"އަސާސީ ތަޢުލީމުގެ ޕްރޮގުރާމް" އަކީ 1980 ވަނަ އަހަރުގެ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ މުނާސަބާގައި އޭރުގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ފެއްޓެވި މަޝްރޫޢެކެވެ. ދިވެހި ތަޢުލީމީ މަލަމަތި ބަދަލުކޮށް އަސާސީ ތަޢުލީމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމުގައި ދެކި ފެއްޓެވި މި މަޝްރޫޢު ވަރަށްވެސް ކާމިޔާބެވެ. ޢުމުރުން ދޮށީ މީހުންގެ އަގުލަބިއްޔަތު އޮންނަ މި ކްލާސްތަކުގައި ޒުވާން އެތައް ދަރުމަވެރިންނެއް އަގެއް ނުނަންގަވައި ޤައުމީ ޚިދުމަތެއްގެ ގޮތުގައި ކިޔަވައިދެއްވިއެވެ. 

އަސްލު ވާހަކަ ދައްކަން މިއުޅޭ މައުޟޫއަށް ޖެހިލުމުގެ ކުރިން އަސާސީ ތަޢުލީމުގެ ވާހަކަ މި ދެއްކުނީ އަސާސީ ތަޢުލީމު އުނގެނިގެންތިބި ކުދިން ނުވަތަ މީހުންނާއި މިހާރުގެ މަތީ ތަޢުލީމު ހާޞިލްކޮށްގެންތިބި ފާރާތްތަކުގެ ފަރަޤު ބޮޑު ކަމުންނެވެ. އޭރުގައި އަސާސީ ތަޢުލީމު ނިންމުމަށްފަހު  ތަޢުލީމީ ގޮތުން އިތުރަށް ކުރިއަށް ދެވޭނެ މަޤެއް ތަނަވަސް ވެފައިނެތް އެތައް ބަޔަކު އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅެމުންދިޔައެވެ. މިބުނާ ފަރާތްތަކަކީ އުޅުމާއި ވާހަކަ ދެއްކުމުގައިވެސް ތަފާތު ގޮތްތަކެއް ގެންގުޅޭ ބައެކެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރުމާއި، މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ދެއްކެވިއެވެ. އުމުރުން 70 އާއި ގާތްކުރާ މީހަކާ ވާހަކަ ދައްކާލުމުން ބުނީ ބޮޑު ޢީދަސް ރަށު ރައްޔިތުން ނުކުމެ މަޖާ ކުރާ ދުވަހަކަސް ކުޅިވަރު ކުޅުމުގައި ރަށުގެ ޤަދަރުވެރި މަޤާމުތަކުގައި ތިއްބަވާ މީހުންނަށް އޭރުގައި އިޙްތިރާމް ކުރާކަމަށެވެ. 

އޭރުގަ މޫދަށްލާނެ އެކި ދުވަސް ދުވަހު. ބޮޑު ކަތީބު ލާން ޖެހިއްޖެނަމަ ދުވެފަގޮސް އަޑުގަދަކޮށް ކަތީބު ނެރޭކަށް ނުހަދާނެ. ގޮސް ބުނާނެ މިއައީ މޫދަށްލާން ބަލައޭ. ހިންގަވާށޭ. ހުއްދަ ލިބުނީމަ ދެން އަތުގަ ހިފައިގެން ދާނީވެސް

މިއީ އޭރު ފެންނަ ކުޑަ ކުޑަ މިސާލެކެވެ. މަޢުލޫމާތު ލިބި އަދި އަމިއްލަ ލޮލަށްވެސް ފެނިފައިވާގޮތުން މުޚާޠަބު ކުރުމުގައިވެސް "ރީތި ބަހުރުވަ" ބޭނުން ކުރަމުން ގޮސްފައި ވެއެވެ. އެގޮތުން އާދެ، ލައްބަ، ވަޑައިގަންނަވާ، ކޭން ބައްލަވާ ފަދަ ބަސްތަކަކީ "ވެރިން"ނާ މުޚާތަބު ކުރުމުގައި ކޮންމެ އުމުރުފުރާއެއްގެ މީހުންވެސް ބޭނުންކުރާ ބަސްތަކެވެެ. އެއީ އަސާސީ ތަޢުލީމު އުނގެނިގެންތިބި ކުދިންނެވެ. 

ދެން ބަލާލާނީ މަތީ ތަޢުލީމު ޙާސިލްކޮށްގެން ތިބި ފަރާތްތަކުގެ އުޅުމާއި މުޙާތަބު ކުރުމަށެވެ. މި މީހުންގެ އުޅުމާއި ފެންވަރު މިހާރު މީސްމީޑިއާގެ ކޮންމެ މަންސަ އަކުންވެސް ފެންނަން އެބަހުއްޓެވެ. ކަމަކު ދާކަށްނެތެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނާއި، އާދައިގެ މީހުންނާއި ޤައުމުގެ އިސްވެރިންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަކަށް ބެލުމެއް ނެތެވެ. އަބުރު ކަތިލުމާއި ހަޑި ހުތުރު އެއްޗެހި ގޮވުން އާދައިގެ ކަމަކަށް ހަދާފައެވެ. ޑަބަލް ޑިގްރީ އާއިި ޑަބަލް މާސްޓަރސް ނިންމާ ޒިންމާދާރު މަޤާމު ތަކުގައި މަސައްކަތްކުރާ މީހުންވެސް މިލިސްޓުގައި މަދެއް ނޫނެވެ. މި މީހުންގެ ތަޢުލީމީ ޙަޔާތުގައި މަދުވެފައި މިވަނީ ކޮން ބައެއް ބާވައެވެ. އެއީ އަސާސީ ތަޢުލީމު ކަމަށް ވެދާނެ ހެއްޔެވެ؟ 

އުފަލާއި ހިތްހަމަޖެހުމާއި އަރާމުގައި ތަޢުލީމް ހާސިލްކުރަން ލިބިފައި މިވަނީ ރަނުގެ ފުރުސަތެކެވެ. ކަރަންޓު ނެތް އިރުު ފުޅިބައްތިި ދިއްލައިގެން ކިޔަވަން ޖެހޭ ޒަމާން މާޒިވެ ގޮއްސިއެވެ. ކޮންމެތާކު، ކޮންމެ އިރަކު ކޮންމެ އެއްޗެއްވެސް ކިޔަވަންވީއެވެ. ހަމައެކަނި ނެތީ އަދަބު އަޚްލާގެވެ. ރިވެތި ސިފައާއި އަނެކާއަށް އިޙްތިރާމް ކުރުމެވެ.  "އަސާސީ ތަޢުލީމުގެ ޕްރޮގުރާމް" އަލުން ފަށައިގެން ނަމަވެސް އަދަބު އަޚްލާގު ދަސްކޮށްދޭންޖެހޭ ހިސާބަށް މިހާރު މިވަނީ ގޮޮސްފައެވެ. 

"އެނގޭ އެއްޗަކުން އަނެކުނަށް މަދަދު ދިނުމީ
              ލިބޭ ޝަރަފަކާ ނިޢުމަތޭ ވާގި ދިނުމީ

އުޞޫލަށް މި ޙުރުމަތް ހިތުން ދެއްވަމާތޯ، ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ"

Ads by MSS

މި ލިޔުން ކިޔާލުމުން