Ads by Exprox

ޚަބަރު

އޮންލައިން ނޫސްތަކާ ގުޅޭ 79 މައްސަލަ ހުށަހަޅާފައިވޭ، އެންމެ ގިނައީ ދިޔަވަރު ނޫހާ ގުޅޭ މައްސަލަތައް

އޮންލައިން ނޫސްތަކާ ގުޅޭ 79 މައްސަލަ ހުށަހަޅާފައިވޭ، އެންމެ ގިނައީ ދިޔަވަރު ނޫހާ ގުޅޭ މައްސަލަތައް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލުކުރުން (2021)- ފޮޓޯ: މީޑިއާ ކައުންސިލް

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 03:13

28 އޯގަސްޓު 2024، 03:13

މޯލްޑިވްސް މީޑިއާ ކައުންސިލުން 2023 އިން 2024 ގެ އޯގަސްޓު މަހާ ހަމައަށް ނެރުނު މީޑިއާއާ ގުޅޭ ޝަކުވާތަކުގެ ތަފާސްހިސާބުތަކުން އޮންލައިން ނޫސްތަކާއި ގުޅޭ 79 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 އާންމުންނާއި ސަރުކާރުގެ އޮފީސްތަކުންނާއި މީޑިއާގެ ފަންނުވެރިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލީ މަޢުލޫމާތު ދައްކައިދޭ  މި ތަފާސްހިސާބުތަކުން ޝަކުވާތަކުގެ ބާވަތްތަކާއި އަދަދުތައް ދައްކުވައިދޭއިރު މީޑިއާގެ އަމަލުތަކާއި އަޚުލާޤީ މިންގަނޑުތަކާ ގުޅޭގޮތުން ހުރި މައިގަނޑު ކަންބޮޑުވުންތަކަށް އަލިއަޅުވާލާަފއިވެއެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން 94 އިންސައްތަ މައްސަލަ ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ބާކީ 6 އިންސައްތަ ހުށަހަޅާފައިވަނީ އެހެނިހެން ފަރާތްތަކުންނެވެ. އެގޮތުން ދޮންއަމާ ނަމުގައި ހިންގާ ނޫހަކާ ގުޅޭ 4 މައްސަލަ، ދުންމާރިއާ ގުޅޭ 5 މައްސަލަ، ދިޔަވަރު ނޫހާ ގުޅޭ 59 މައްސަލަ، 13 އޮންލައިންއާ ގުޅޭ 3 މައްސަލަ އަކާއި ކުރުސީ ޑޮޓް ކޮމްއާ ގުޅުންހުރި 3 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. 

ހަމައެއާއެކު 1 އޮގަސްޓު 2024ގައި "ދެންމެ" ނަމުގައި ހިންގާ ވެބްސައިޓުން އާންމު މިންގަނޑުތަކާއި ޚިލާފަށް ލިޔުންތައް ޝާއިޢު ކުރަމުން ގެންދާތީ އެފަދަ ކަންކަން ނުކުރުމަށް އިންޒާރު ދީފައިވަނީކޮށްވެސް ތަކުރާރުކޮށް އެކަން ކުރަމުން ގެންދާތީ ''ދެންމެ" ވެބްސައިޓް ބްލޮކް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވާކަމަށް މީޑިއާ ކައުންސިލްގެ ތަފާސްހިސާބުތަކުން އެނގެއެވެ. 

މީޑިއާ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އެކުލަވައިލެވިފައިވާއިރު މި ކޮމިޓީއިން މިހާތަނަށް 30 ޝަކުވާއަށް ވަނީ ގޮތެއް ކަނޑައަޅާ ނިމިފައެވެ. 2023 ގައި 19 ބައްދަލުވުމެއް މި ކޮމިޓީން ބާއްވާފައިވާ އިރު މިއަހަރު ތެރޭގައި 13 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިހާތަނަށް ބެލިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނޫހާއި އެއްކޮޅަށް 9 މައްސަލައެއް، ޝަކުވާ ހުށައެޅި ފަރާތާ އެއްކޮޅަށް 20 މައްސަލަ އަދި ނުބަލަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި 9 މައްސަލައެއް ހިމެނެއެވެ. 2010 ވަނަ އަހަރު ފެށިގެން މިހާތަނަށް 277 މައްސަލައެއް މީޑިއާ ކައުންސިލަށް ހުށައެޅިފައިވާއިރު އެންމެ ގިނަ މައްސލަ ހުށައެޅިފައިވަނީ 2023- 2024 އޮގަސްޓު މަހުގެ ނިޔަލަށްކަން ފާހަގަ ކުރެވެއެވެ. 

މީޑިއާ ކައުންސިލްގެ މައިގަނޑު މަގުސަދު ތަކަކީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަން ދެމެހެއްޓުމަށް އަންނަ ކަންކަން ބަލާ ފިޔަވަޅުއެޅުމެވެ. އަދި މިނޫންވެސް މީޑިއާތަކުގެ ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތާ މީޑިއާތަކެއް އުފެއްދުމާއި މީޑިއާތަކުގެ ޙައްޤުތައް ކަށަވަރުކޮށް ޒިންމާދާރު އަޙުލާޤީ މިންގަނޑުތަކަށް ފެތޭ މީޑިއާތަކެއް އުފެއްދުމެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco