Ads by Stelco

ޚަބަރު

މަތީ ތަޢުލީމުގެ ނިޒާމު ހަރުދަނާކުރުމަށް އެމްކިއުއޭއިން 2 ޤަވާއިދެއް އެކުލަވާލައިފި

މަތީ ތަޢުލީމުގެ ނިޒާމު ހަރުދަނާކުރުމަށް އެމްކިއުއޭއިން 2 ޤަވާއިދެއް  އެކުލަވާލައިފި

އެމްކިޔުއޭގެ ބައްދަލުވުމެއް. ފޮޓޯ: އެމްކިޔުއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 10:10

12 ސެޕްޓެމްބަރު 2025، 10:10

ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން 2 މުހިންމު ޤަވާއިދެއް އެކުލަވާލައިފިއެވެ.

މި ޤަވާއިދުތަކުގެ ތެރޭގައި ހިމެނެނީ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ މަސައްކަތް އެމްކިއުއޭއިން އަލުން ފެށުމާ ބެހޭ އުސޫލާއި، އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ ޤަވާއިދެވެ. 

އައު އުސޫލުގެ ދަށުން، އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ ހަމައެކަނި އެމްކިއުއޭއިންނެވެ. މީގެ ކުރިން މި ޚިދުމަތް ރާއްޖޭގެ އެކި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ވެސް ފޯރުކޮށްދެމުން ދިޔައެވެ.

މި އުސޫލުގެ ދަށުން އެމްކިއުއޭއިން ތައްގަނޑު ޖަހައިދޭ ލިޔެކިޔުންތަކުގެ ތެރޭގައި، ދިވެހިންނާއި ބޭރުގެ ފަރާތްތަކުގެ ކޮލިފިކޭޝަން ރިކޮގްނީޝަން އެންޑް ވެލިޑޭޝަން، ކޮލިފިކޭޝަން އެސެސްމެންޓް، ރިކޮގްނީޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް އަދި ސެކަންޑް ކޮޕީ އޮފް އަ ވެލިޑޭޓެޑް ކޮލިފިކޭޝަން ހިމެނެއެވެ.

ދެވަނަ ޤަވާއިދުގެ ދަށުން، އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ހުއްދަ ދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. މި ޤަވާއިދުގެ ދަށުން، ރާއްޖެއިން ބޭރުގައި މިފަދަ ޕްރޮގްރާމެއް ހިންގަން ބޭނުންވާ މަރުކަޒުތަކުން އެމްކިއުއޭގެ ހުއްދަ ހޯދުން ލާޒިމުކުރެއެވެ.

އެމްކިއުއޭއިން ބުނެފައިވާ ގޮތުގައި، މި ޤަވާއިދުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ޚިދުމަތްތަކަށް އެދޭ ފޯމުތައް އެމްކިއުއޭގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން