ޚަބަރު
ދިވެހީންގެ ރިވެތި ސިފަތަކާއި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއް: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުން: ފޮޓ- ރައީސް އޮފީސް

ފަރުދުން
12 ސެޕްޓެމްބަރު 2025، 03:21
12 ސެޕްޓެމްބަރު 2025، 03:21
ދިވެހީންގެ ރިވެތި ސިފަތަކާއި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމުގައެވެ. ހަމައެއާއެކު މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކަމަނާ ވިދާޅުވެފައި ވަނީ، ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤަައުމީ އަމާނާތެއް ކަމަށެވެ.
ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް. މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް. ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި… pic.twitter.com/LzZObYbT0F
— First Lady Sajidha Mohamed (@sajidhaamohamed) September 12, 2025
ރާއްޖޭގައި ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ޤާނޫނެއް ވުޖޫދުވި ދުވަހެވެ. މި ޤާނޫނު ތަޞްދީޤުކުރެވުނީ 2019 ވަނަ އަހަރުއެވެ.