Ads by Stelco

ޚަބަރު

އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ ޚާއްޞަ ހަރަކާތްތަކެއް

އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ ޚާއްޞަ ހަރަކާތްތަކެއް

ސްޓެލްކޯއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2025، 04:18

12 ސެޕްޓެމްބަރު 2025، 04:18

އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. 

ސްޓެލްކޯއިން  ވިދާޅުވީ މިއަދު ކުރިއަށްދާ ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ އެކި ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަހަރުގެ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ މި ހަވީރުގައި ސަރުކާރުގެ އެކި އެކި ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ. 

އުސްފަސްގަނޑުގައި މިއަދުގެ ހަވީރު 4:00ން 6:00 އަށް ކުރިއަށްދާ މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަށް ފެނިގެން ދާނެއެވެ. 


ސްޓެލްކޯއިން ވަނީ ނިމިދިޔަ މިނިވަން ދުވަހުގެ މުނާސަބަތުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފުޅަނދެއް ދައްކާލާފައެވެ. މިއަދުގެ ކުޑަކުދިންގެ ހަވީރުގައިވެސް މިފަދަ ތަފާތު ހަރަކާތް ފެނިގެން ދާނެއެވެ. އިންޖިނިއަރުންގެ ދުވަސް 2025އާއި ގުޅިގެން ބާއްވާ މި ހަވީރުގައި ބައިވެރިވުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުރިހާ ކުޑަކުދިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން