ޚަބަރު
އިޞްލާޙު ހުށަހެޅުމުގެ މަޤްޞަދަކީ ބޭނުމެއްނެތި ނުފޫޒު ފޯރުވުން ހުއްޓުވުމާއި، ޢާންމު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުން: ބަންޑާރަނައިބު

ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު

ފަރުދުން
12 ސެޕްޓެމްބަރު 2025، 06:58
12 ސެޕްޓެމްބަރު 2025، 06:58
މަޖީލީހަށް ހުށަހަޅާފައިވާ މީޑިޔާ ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުގެ ފަރާތުން އިޞްލާޙުތައް ހުށަހެޅުމުގެ މަޤްޞަދަކީ މީޑިއާގެ ކަންކަމަށް ބޭނުމެއްނެތި ނުފޫޒު ފޯރުވުން ހުއްޓުވުމާއި، ޢާންމު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވީ، އެކްސްގައި އެމަނިކުފާނަށް އަމާޒު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި މައްސަލަތަކެއް ހުރިކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި ބިލު މުރާޖަޢާކޮށް، މުހިންމު އިޞްލާޙުތަކެއް ހުށަހަޅާފައިވަނީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
I agree that there are issues in the Bill submitted to Majlis. It is for this reason that we reviewed the Bill and submitted important amendments.
— Ahmed Usham (@a_usham) September 12, 2025
As with most Bills, details will have to be refined and concerns will have to be addressed through constructive dialogue and input… https://t.co/zZZ3N1GDP4 pic.twitter.com/PUVQQLO4D7
ހަމައެއާއެކު އެހެން ބިލުތަކެކޭ އެއްފަދައިން، ކޮމިޓީ މަރުޙަލާގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ ބިނާކުރަނިވި މަޝްވަރާއާއި ޚިޔާލުތަކުގެ އަލީގައި ކަންބޮޑުވުންތަކަށް އެޑްރެސް ކުރައްވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު އޮޅުންއަރާފަދަ ބަސްތައް ސާފުކޮށްދިނުމަށް އިޞްލާޙުތަކެއް ހުށަހަޅާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވެފައި ވެއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޤާނޫނު އަސާސީއާއި ޤާނޫނީ ތަރަހައިގެތެރެއިން ނޫސްވެރިކަންކޮށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. އަދި މި އިސްލާހުތަކާ އެއްގޮތަށް ބިލު ފާސްވެއްޖެނަމަ، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެކަމުގައިވެސް އުސާމް ވިދާޅުވެފައި ވެއެވެ.