Ads by Stelco

ޚަބަރު

މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ހައްލުކޮށްދެއްވާނެކަން ޔަޤީން: ވަޒީރު ޝިޔާމް

މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ހައްލުކޮށްދެއްވާނެކަން ޔަޤީން: ވަޒީރު ޝިޔާމް

މިނިސްޓަރ ޝިޔާމް

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2025، 07:36

12 ސެޕްޓެމްބަރު 2025، 07:36

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑީއާ ރެގިއުލޭޓް ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮމިޓީ މަރުހަލާގައި މިހާާރު އޮތް ބިލާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ، ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ރައީސެއް ކަމުގައެވެ. އަދި ރައީސް މުޢިއްޒަކީ އެގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޚާލިސް ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ހައްލުކޮށްދެއްވާނެކަން ޔަޤީންކަން އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. 


ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް، މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުން ވަނީ އިސްލާހުތަކެއްވެސް ހުށަހަޅުއްވާފައެވެ. އަދި މި އިސްލާހު ތަކަކީ މީޑިއާއާއި އަދި އާންމު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރެވޭފަދަ ގޮތަކަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކެއް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު މިއަދު ވަނީ ވިދާޅުވެފައެވެެ. 

Ads by MSS

މި ލިޔުން ކިޔާލުމުން