ޚަބަރު
މަސްވެރިކަން ކުރިއަރުވާ ކުންފުންޏަށް އައު އެމް.ޑީ.އެއް ޢައްޔަންކޮށްފި

މަސްވެރިކަން ކުރިއަރުވާ ކުންފުނީގެ އެމް.ޑީ.އަކަށް ޢައްޔަންކުރެވުނު ޑރ. މުޙައްމަދު އިބްރާހީމް.

ފަރުދުން
14 ސެޕްޓެމްބަރު 2025، 05:59
14 ސެޕްޓެމްބަރު 2025، 05:59
ދިވެހިރާއްޖޭގައި މަސްވެރިމުގެ ޞިނާޢަތު ކުރިއަރުވަން އުފައްދާފައިވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އަޙުމަދު ޒަރީރު އިސްތިއުފާ ދެއްވުމުން، އެ މަޤާމަށް އައު ބޭފުޅަކު މިއަދު ޢައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ޕްރޮމޯޝަން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ބޯޑު މެންބަރުކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުޙައްމަދު އިބްރާހީމް ޢައްޔަންކޮށްފައިވާ ކަމަށެވެ.
މުޙައްމަދު އިބްރާހީމަކީ މީގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ޑްރަގް ކޯޓުގެ އިސް މަޤާމެއް ވެސް އަދާ ކުރައްވައިފައިވާ ބޭފުޅެކެވެ.
މަސްވެރިކަން ކުރިއެރުވުމަށް އައު ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު، އެ ކުންފުނީގެ އެމް.ޑީ.ގެ މަޤާމަށް ޒަރީރު ޢައްޔަންކުރެވުނީ އެ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ދޮޅު އަހަރަށް ފަހު އެ ކުންފުނިން ޒަރީރު އިސްތިއުފާ ދެއްވީ، ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މިދިޔަ މަހު ޢައްޔަނުކުރެވުމުގެ ސަބަބުންނެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް، އދ. މާމިގިލީ – ޖަވާހިރުވާދީ ޑޮކްޓަރ މުޙައްމަދު އިބްރާޙިމް ވަނީ އައްޔަނުކޮށްފައެވެ. pic.twitter.com/d15FMPOJsx
— Privatization & Corporatization Board (@pcb_gov) September 14, 2025