Ads by Stelco

ޚަބަރު

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރުން، ފޮޓޯ: ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ސެޕްޓެމްބަރު 2025، 09:41

14 ސެޕްޓެމްބަރު 2025، 09:41

ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފަށައިފިއެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މި މަސައްކަތް މިއަދު ފަށާފައިވާއިރު، ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 3ވަނަ ދުވަހެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށް ގެންގޮސްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ކުރިން ހާމަކޮށްފައެވެ. 



ގޯތި ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ.

ގުޅީ ފަޅުގައި މި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢާއެކު، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ. އެއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައި ވުމުންނެވެ.

މީގެއިތުރުން، އައު ލޭންޑް ޔޫސް ޕްލޭންގައި، ގުޅޫފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ތަޢުލީމީ ޚިދުމަތާއި، ސިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތައް ކަނޑައެޅިފައިވެއެވެ.

އަދި ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން