Ads by Stelco

ޚަބަރު

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް

ސީއެސްސީގެ ރައީސަކަށް މުޖުތާޒް, ނައިބަކަށް ނާސިޙް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅައިފި

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 10:32

15 ސެޕްޓެމްބަރު 2025، 10:32

ސިވިލް ސާވިސް ކޮމިޝަން, ސީއެސްސީގެ ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އަދި ނައިބު ރައީސްކަމަށް ކޮމިޝަަނުގެ މެންބަރު މުޙައްމަދު ނާސިހު  ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. 

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ސީއެސްސީގެ ނައިބުރައީސްގެ މަގާމަށް އައްޔަން ކުރެއްވުމަށްވެސް ނިންމެވި ނާސިހު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ. ނަމަވެސް މަގާމުގެ މުއްދަތު ހަމަވުމުން ރައީސް ވަނީ ކޮމިޝަނަށް އޭނާ އަލުން އައްޔަން ކުރައްވާފައެވެ.

މިއަދު ކޮމިޝަނުގެ ރައީސްކަމަށް އަދި ނައިބުރައީސްކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމަށް ކަމާ ގުޅުންހުރި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވިއެވެ. އެ ނަންފުޅުތައް ދިރާސާކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން