Ads by Stelco

ޚަބަރު

އ.އ. މަތިވެރި އަދި ފެރިދޫގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އ.އ. މަތިވެރި އަދި ފެރިދޫގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އ.އ. މަތިވެރި އަދި ފެރިދޫގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުރިއަށް ގެންދިއުން. ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ.

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 04:02

15 ސެޕްޓެމްބަރު 2025، 04:02

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން، އަރިއަތޮޅު އުތުރުބުރީ މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ހުރިހައި ގެތަކަށް ޒިޔާރަތްކޮށް ނިންމާލައިފިއެވެ.

‏މި ޕްރޮގްރާމްގެ ތެރެއިން މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ. އަރިއަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހައިތަނަށް، އަރިއަތޮޅު އުތުރުބުރީ ރަސްދޫ, އުކުޅަސް އަދި ތޮއްޑޫގައި މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަދުވެރިކަމާ އެކުގައެވެ.

"ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެެއްގެ ހުރިހައި ގޭބިސީތަކަށް ޒިޔާރަތްކޮށް، ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން