Ads by Stelco

ޚަބަރު

ކުޑަކުދީންގެ ކަރާމާތް ގެއްލޭ އުފެއްދުންތައް ދެއްކުމުން، ރާއްޖެޓީވީއަށް އިންޛާރުދީފި

ކުޑަކުދީންގެ ކަރާމާތް ގެއްލޭ އުފެއްދުންތައް ދެއްކުމުން، ރާއްޖެޓީވީއަށް އިންޛާރުދީފި

ރާއްޖެޓީވީ ލޯގޯ.

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 04:44

15 ސެޕްޓެމްބަރު 2025، 04:44

ކުޑަކުދީންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް އުފެއްދުމެއް ދެން ރާއްޖެ ރާއްޖެޓީވީން ދައްކައިފި ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޛާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ދީފިއެވެ.

ބްރޯޑްކޮމްއިން މި އިންޛާރު ދިނީ، މިިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ 22:10 ގައި ރާއްޖެޓީވީން ދެއްކި "އެމްޑީޕީ ކުއްލި އެއްވުން" މި އުފެއްދުމާ ގުޅިގެން މައްސަލައެއް ބެލުމަށް ފަހުގައެވެ. ބްރޯޑްކޮމްއިން މި މައްސަލަ ބެލީ، އެ އުފެއްދުމުގައި ކުޑަކުދީންގެ ކަރާމާތާއި ޙައްޤުތައް ގެއްލޭ ފަދަ ބައެއް ކަންކަން ހިމެނިގެންވާ ކަމަށް ބެލެވިގެންނެވެ.

ބްރޯޑްކޮމްއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުޞަތު ރާއްޖެޓީވީއަށް ދެވުނެވެ. ނަމަވެސް، ޖަވާބުދާރީވުމުގެ ބަދަލުގައި، ރާއްޖެޓީވީން ކޮމިޝަނަށް ކުރިމަތިކުރުވީ އިތުރު ސުވާލުތަކެއް ކަމަށް ބްރޯޑްކޮމްއިން މަޢުލޫމާތުދެއެވެ.

ވީމާ، މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާ ފަދަ، ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ، ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ފަދަ ބަސްތަކާއި މަންޡާރާއި އަޑު ނުދެއްކުމުގެ ޤަވާޢިދާ ރާއްޖެޓީވީން ޚިލާފުވެފައިވާ ކަމަށް ބްރޯޑްކޮމްއިން ނިންމިއެވެ. ހަމައެހެންމެ، ބްރޯޑްކާސްޓުކުރުމުގައި ކުޑަކުދީން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ މިންގަނޑާ ވެސް ރާއްޖެޓީވީން ޚިލާފުވި ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ބްރޯޑްކޮމްއިން ބުނީ މިފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޙައްސާސިއްޔަތު (ސެންސިވިޓީ) އަށް ބަލައި، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބްރޯޑްކޮމްއިން މީގެ ކުރިން ވެސް އެކިއެކި މައްސަލަތަކުގައި ރާއްޖެޓީވީއާ މެދު ފިޔަވަޅު އަޅާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން