Ads by Stelco

ޚަބަރު

ބްރޯޑްކާސްޓް ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން، ޗެނަލް 13އާ މެދު ފިޔަވަޅު އަޅައިފި!

ބްރޯޑްކާސްޓް ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން، ޗެނަލް 13އާ މެދު ފިޔަވަޅު އަޅައިފި!

ޗެނަލް 13 ލޯގޯ.

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 05:10

15 ސެޕްޓެމްބަރު 2025، 05:10

ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން، ޗެނަލް 13އާ މެދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަނެއްކާ ވެސް ފިޔަވަޅު އަޅައިފިއެވެ.

ބްރޯޑްކޮމްއިން ޢާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ޗެނަލް 13އިން ފޭސްބުކްގައި ގެނެސްދިން "ދަ ފްރަންޓް އޮފީސް" ލައިވް ޕްރޮގްރާމްގައި ދައްކާފައިވާ ބައެއް ވާހަކައިގައި، ބްރޯޑްކޮމްގެ ބައެއް އުޞޫލުތަކާ ޚިލާފު މާއްދާތައް ހިމެނޭ ކަމަށް ބެލެވި، އެ ކޮމިޝަނުން ވަނީ މައްސަލަ ބަލާފައެވެ.

ބްރޯޑްކޮމްގެ ކޯޑް އޮފް ޕްރެކްޓިސްގެ 2ވަނަ ހަމައިގެ (1) އަދި (2)އާ ޚިލާފު އުފެއްދުމެއް ދެއްކުމުގެ މައްސަލައިގައި، ޗެނަލް 13އާ މެދު ބްރޯޑްކޮމްއިން މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އަޅާފައިވާ ފިޔަވަޅަކީ، 16 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ ރޭ 8:00އިން 10:00އަށް (ދެ ގަޑިއިރަށް) އެ ޗެނަލްގެ ޕްރޮގްރާމްތައް މެދުކަނޑާލަން އެންގުމެވެ.

ބްރޯޑްކާސްޓްކުރުމުގެ ހަމަތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން، ރާއްޖެޓީވީގެ މައްސަލައެއް ވެސް މި ފަހަކުން ބްރޯޑްކޮމްއިން ވަނީ ބަލާފައެވެ. އެ މައްސަލައިގައި ރާއްޖެޓީވީއާ މެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޛާރު ދިން ނަމަވެސް، އަދި އެ ޗެނަލްއާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް ޗެނަލް 13އާ މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން