Ads by Stelco

ޚަބަރު

ކުޅުދުއްފުށި ސިޓީގައި ބޭސިކް މީޑިއާ ސްކިލް ވޯކްޝޮޕެއް ބާއްވަނީ

ކުޅުދުއްފުށި ސިޓީގައި ބޭސިކް މީޑިއާ ސްކިލް ވޯކްޝޮޕެއް ބާއްވަނީ

ކުޅުދުއްފުށި ސިޓީގައި ބޭސިކް މީޑިއާ ސްކިލް ވޯކްޝޮޕެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 06:29

15 ސެޕްޓެމްބަރު 2025، 06:29

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.)ގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީޑިއާގެ ދާއިރާއަށް މީހުން ބިނާކޮށް، މަސައްކަތްތެރީން އުފެއްދުމަށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެއް ކުޅުދުއްފުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހާމަކުރި ގޮތުގައި، މިޕްރޮގްރާމުގެ ފުރަތަމަ ވޯކްޝޮޕް ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައެވެ. މި ވޯކްޝޮޕްގައި ނޫސްވެރިކަމާއި، ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކުރުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ދާއިރާއިން ބައިވެރީން ތަމްރީނުކޮށް، އެ ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދެވިގެންދާނެ ކަމަށް އެމް.އެމް.އައި. އިން ބުނެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުން އަނބުރާ 02:00ގެ ކުރިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގެ އީމެއިލް ([email protected]) އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް، ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފޯމްގެ އިތުރުން، އައިޑީ ކާޑުގެ ދެފުށް ހިމެނޭ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.

ޕީ.އެސް.އެމް.އިން، މީޑިއާ ދާއިރާގައި މީހުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ބާއްވަމުން އަންނަ އިރު، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި މި ފަދަ ފުރުޞަތުތައް ފަހިކޮށްދިނުން ކަމުގައި ޕީ.އެސް.އެމް.އިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން