ކުޅިވަރު / ޚަބަރު

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

އެފްއޭއެމް އާއި ޕީއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުން، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 08:28

15 ސެޕްޓެމްބަރު 2025، 08:28

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މި ސީޒަންގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ.

މިކަން ހަމަޖެއްސުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް)އެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޢަބުދުالله ޔާމީން ރަޝީދެވެ.

މިކަމާ ގުޅިގެން ޠާރިޤް ވިދާޅުވީ، މި އެއްބަސްވުމާއެކު ބުރާސްފަތި ދުވަހު ފަށާ ފުޓުބޯޅަ ސީޒަންގެ މެޗުތައް ބްރޮޑްކާސްޓްކުރުމުގެ ރައިޓްސް ޕީއެސްއެމްއަށް ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރަނީ ޕީއެސްއެމްއަކީ ޒަމާންވާންދެން ހާއްސަކޮށް ކުޅިވަރު ކަވަރުކުރުމުގައި ވަރަށް ޒަމާންތަކެއް ހިމެނިގެންވާ ޓީމެއް އޮންނަ ފަރާތެއް. އެހެންވީމަ ފުޓްބޯޅަ މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި އެހެން މީޑިއާތަކޭ އެއްގޮތަށް ޕީއެސްއެމަށް ލީޑް ދައުރު އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑުމެން މި އެމްއޯޔޫގައި ސޮއިކުރީ.

ޠާރިގް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ފަރާތުން ޑީއެމްޑީ ޔާމީން ވިދާޅުވީ، އެ ބޭފުޅުންގެ މަޤުސަދަކީ ރާއްޖޭގެ ފުޓުބޯޅަ އަލުން ދިރުވުމަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުން ކަމަށެވެ. 

މައިގަނޑު މަޤުސަދަކީ އެފްއޭއެމް އިން ހާއްސަގޮތެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް އަލުން އައު ހިތްވަރަކާއެކު މި ކުރަމުންދާ މަސައްކަތުގައި ޕީއެސްއެމް އެއްބާރުލުން ދިނުން. ދެން މީޑިއާގެ ދައުރު ކުޅިވަރުތައް ކުރިއަރާ ދިއުމުގައި ވަރަށް ބޮޑުވާނެ. އެކަން ޕީއެސްއެމުން މިހާތަނަށްވެސް ޕްރޫވްކޮށްދީފައިވަނީ.

ޔާމީން ވިދާޅުވިއެވެ.

މިއަދު ވެވުނު އެއްބަސްވުމާއެކު، ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތްތައް ޝޯކޭސް ކުރުމަށްޓަކައިވެސް ޕީއެސްއެމުން މަސައްކަތްތަކެއް ކުރުން ހިމެނޭކަމަށް ޔާމީން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން