Ads by Stelco

ޚަބަރު

މީޑިއާ ބިލުގައި ޤާނޫނާ ތަޢާރުޒުވާ ކަމެއް ނެތްކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާ ދެއްވައިފި

މީޑިއާ ބިލުގައި ޤާނޫނާ ތަޢާރުޒުވާ ކަމެއް ނެތްކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާ ދެއްވައިފި

މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2025، 04:39

16 ސެޕްޓެމްބަރު 2025، 04:39

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލުގައި ޤާނޫނުއަސާސީއާ ނުވަތަ އެހެން އެއްވެސް ޤާނޫނަކާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތްކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދެއްވައިފިއެވެ.

 މި ލަފަޔާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލުގެ ރިޕޯޓް ފާސްކޮށްފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ވަނީ ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކޮމިޝަނުގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުން ހިމެނެއެވެ.

ބިލަށް ގެނެވުނު މުހިންމު އިސްލާޙުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުންގެ ސިފަތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ބަދަލުކުރުން ހިމެނެއެވެ. އަދި މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށްވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

މީގެ އިތުރުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ކައުންސިލް ޖެނެރަލްގެ ލަފާގައި ބިލުގައި ޤާނޫނީ މައްސަލައެއް ނެތްކަމަށް ފާހަގަކުރެއްވި ނަމަވެސް، ބައެއް ލަފާތައް ދެއްވާފައިވާތީ، އެ ލަފާތަކާ އެއްގޮތަށް ކޮމިޓީ ރިޕޯޓް ވަނީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން