ކުޅިވަރު

ކޮމޮންވެލްތު ބީޗް ހޭންޑް ބޯލް މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުތައް ކުޅުދުއްފުއްޓަށް ގޮސްފި

ކޮމޮންވެލްތު ބީޗް ހޭންޑް ބޯލް މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުތައް ކުޅުދުއްފުއްޓަށް ގޮސްފި

ކޮމޮންވެލްތު ބީޗް ހޭންޑް ބޯލް މުބާރާތުގައި ވާދަކުރާ ބަނގުލަދޭޝްގެ ޓީމު، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ސެޕްޓެމްބަރު 2025، 10:13

17 ސެޕްޓެމްބަރު 2025، 10:13

މި މަހު ކުޅުދުއްފުށީ ސިޓީގައި އޮންނަ ކޮމޮންވެލްތު ބީޗް ހޭންޑް ބޯލް މުބާރާތުގައި ވާދަކުރާ ހުރިހާ ޤައުމީ ޓީމުތަކެއް އެ ސިޓީއަށް ގޮސްފިއެވެ.

މުޅިން އަލަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން 6 ޓީމަކުން ވާދަކުރާނެއެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ދެކުނު އެފްރިކާއެވެ.

މި މަހުގެ 18އިން 22އަށް ކުރިޔަށްދާ މި މުބާރާތް ކުޅޭނީ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ. 

މި މުބާރާތުގައި ވާދަކުރާ ޕާކިސްތާން ޓީމުން ވަނީ އެހެން ޓީމުތަކަށް ވުރެން ކުރިން ރާއްޖެ އައިސް ކުޅުދުއްފުށީގައި ކޭމްޕުކޮށް، ފަރިތަކުރުމުގެ ގޮތުން ރާއްޖޭގެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. 

ރާއްޖެއިން ވަނީ މި އަހަރު އޮތް 10ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އެއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ފިރިހެން ހޭންޑްބޯލް ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. މި އަހަރުގެ މެއި މަހު އޮތް އެ މުބާރާތުގައި ބައިވެރިވި ދިވެހި ޤައުމީ ޓީމުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނުނެވެ. އަދި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ދިޔައީ ކުޅުދުއްފުށި ސިޓީގައެވެ. 

އެ މުބާރާތުން އޭޝިއާގެ އެއްވަނަ ޓީމު ކަމަށްވާ އީރާން އަތުން ރާއްޖެ ކުއާޓާ ފައިނަލްގައި ބަލިވި ނަމަވެސް، ރޭންކިން ދެވަނަ މެޗުގައި ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން ހޮންގް ކޮންގް ބަލިކޮށް، ރާއްޖެއިން ވަނީ މުބާރާތުގެ 7ވަނަ ޔަޤީންކޮށްފައެވެ.

މާދަމާ ފަށާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން