ރިޕޯޓް

ސިނަމާލެ ބްރިޖްގެ މަސައްކަތް ކޮށްފައިވަނީ ޑިޒައިނާ އެއްގޮތަށް-މިނިސްޓަރ އަބްދުﷲ މުއްޠަލިބު

ސިނަމާލެ ބްރިޖްގެ މަސައްކަތް ކޮށްފައިވަނީ ޑިޒައިނާ އެއްގޮތަށް-މިނިސްޓަރ އަބްދުﷲ މުއްޠަލިބު

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ޑިޒައިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު (7 ސެޕްޓެންބަރު 2015) - ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 05:23

28 އޯގަސްޓު 2024، 05:23


ސިނަމާލެ ބުރިޖުގެ މަސައްކަތް ކޮށްފައިވަނީ ކުރިން އާއްމުކުރިއިރު ޑިޒައިނާއެއްގޮތަށްކަން އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ ކުރިން އާއްމުކޮށްފައިވާ ބްރިޖް ޑިޒައިންގެ ސްކްރީން ޝޮޓެއް އެކްސްގައި ހިއްސާކުރެއްވުމަށްފަހު އެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިން އަހަރު ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖަކީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވިފައިވާ ބިޔަ މަޝްރޫއެކެވެ. 

މިހާރު ދެކެވެމުން މިދާ ލޭންގެ ވާހަކައަށް އަލިއަޅުވާލާއިރު ޙަޤީގަތުގައިވެސް ބްރިޖްގެ ޑިޒައިންގައިވެސް ވަނީ 4 ލޭންއެވެ. އެއީ މިހާރު ބްރިޖް އޮތްގޮތެވެ. ގެއްލިގެން ނުފެނިގެން އުޅޭ ލޭންތަކުގެ ވާހަކަ އަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހިންގުންތެރިިކަމާ ދެކޮޅަށް ބަޔަކު އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ ދޮގު އިލްޒާމެކެވެ. 

ބްރިޖާއި ، ފްލެޓާއި އިމާރާތް ކުރުމާއި ގޯތިގެދޮރުގެ މަޝްރޫއުތަކަކީ  ފުރަތަމަ މަރުހަލާއިން ފެށިގެން ހުރިހާ މަސައްކަތެއް ފައިނަލް ކުރެވިގެން ފެށޭ މަޝްރޫއުތަކެއްކަން ހަމަބުއްދި ހުރި ކޮންމެ މީހަކަށްވެސް ވިސްނާލުމުން އެނގޭނެއެވެ. ލޭނެއް ނަގައި ޖީބަށް ލުމާއި ހަދަމުންދާ އިމާރާތަކުން ބިންކޮޅެއް ފޮރުވުމަކީ ވާނެ ކަމެއް ނޫންކަން ޔަޤީންވެއެވެ.  މަޝްރޫއެއްގެ މެދުތެރެއިން ޑިޒައިނަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއްތޯއެވެ؟

މި ވާހަކަތައް ދައްކަން މިޖެހުނީ އަނެއްކާވެސް އެއްކަލަ ލޭންގެ މައްސަލަ ބޮޑުވެ އެ ހޯދަން ބަޔަކު އުޅެން ފެށުމުންނެވެ. ޙަޤީގަތް ހޯދާ ބަލައިލުމުން މި އެނގެނީ އޭރުގައި މަޝްރޫޢު އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ދައްކާލި ކުރެހުމާ، މިހާރު އޮތް ބްރިޖާ އެއްވެސް ތަފާތެއް ނެތްކަމެވެ. އެކްސްގައި އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުެެރެއްވި ޕޯސްޓެއްގައި ވިދާޅުވީ  މިއީ ބްރިޖް ޑިޒައިން ހާމަކުރި ރަސްމިއްޔާތުން ނެގިފައިވާ މަޢުލޫމާތެއްކަމަށެވެ. މި މަޢުލޫމާތު މިހާރުވެސް ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއިން ފެންނަން އެބަހުއްޓެވެ. ފާލަމުގެ ޑިޒައިންގައި ކިތައް ލޭން ހިމެނިފައިވޭތޯ އަދި އަސްލު ޑިޒައިނާ ތަފާތުކޮށް އެއްވެސް ކަމެއް ބަދަލުކޮށްފައިވޭތޯ ބެލުމަށް އަމިއްލައަށް ބައްލަވާ ލެއްވުމަށާއި މިއީ އާންމުކޮށް ލިބެންހުރި މަޢުލޫމާތު ކަމަށްވެސް ވަޒީރު ވިދާޅުވެެފައިވެއެވެ. 



ވަޒީރުގެ ޕޯސްޓްގައިވާ ވީޑިއޯ ބަލާލުމުން ބްރިޖްގެ ޑިޒައިނަށް އެއްވެސް އުނިއިތުރެއް ގެނެސްފައި ނުވާކަން ވަރަށް ސާފުކޮށް އެނގެއެވެ. ބްރިޖުން ލޭންއެއް "ކާލައިފި" ކަމާއި ހިންގާފައިވަނީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް އަބަދުވެސް އިދިކޮޅު އެކި ފަރާތްތަކުން އަންނަނީ  ހަބަރު ފަތުރަމުންނެވެ. އޭރުގައި އެމްޑީޕީ ވެރިކަމަށް އައިއިރުގައިވެސް އެންމެ ބާރަށް ދެއްކީ ބްރިޖްގެ ލޭނެއް ގެއްލިގެން އުޅޭވާހަކައެވެ.  ނަމަވެސް ވެރިކަން ފެށިގެން 5 އަހަރު ވެގެން ވެރިކަން ނިމުނުއިރު ގެއްލުނު ލޭން ހޯދައި ނުދެވުނުތަނުގައި އެވާހަކަ އޭރު ދައްކާނެ މީހަކުވެސް ނުވިއެވެ. އެއާ ޙިލާފަށް މިއަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވީ ހިސާބުން އަނެއްކާވެސް ބްރިޖްގައި މަދުވޭ ލޭނެއްގެ ވާހަކަ ފެންމަތި ވެއްޖެއެވެ. 

މި ލިޔުން ކިޔާލުމުން