Ads by Stelco

ޚަބަރު

ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ހުއްދަ ދީފައިވާ ޚިދުމަތްތައް އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއަރ އިފްތިތާޙުކޮށްފި

ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ހުއްދަ ދީފައިވާ ޚިދުމަތްތައް އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއަރ އިފްތިތާޙުކޮށްފި

ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ކުރިއަށްދިޔަ ޕެނަލްޑިސްކަޝަން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2025، 02:11

17 ސެޕްޓެމްބަރު 2025، 02:11

ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ހުއްދަ ދީފައިވާ ޚިދުމަތްތައް އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއަރ އިފްތިތާޙުކޮށްފިއެވެ. 

ބައިނަލްއަޤުވާމީ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކުރައްވާފައެވެ. 

ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އަކީ، ސިއްޙީ ޚިދުމަތްތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލާލެވޭނެއެވެ. މިއީ ބަލިމީހުންގެ އިތުބާރު ސިއްޙީ ނިޒާމަށް ބޮޑުވެ، ބަލިމީހުންގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވިއެވެ. މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ ''އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު'' މިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން