Ads by Stelco

ޚަބަރު

ތެދު ޙަޤީގަތާ އެކު ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ދެއްކޭނެ، ލިޔެވޭނެ: ރައީސް

ތެދު ޙަޤީގަތާ އެކު ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ދެއްކޭނެ، ލިޔެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޕޮޑްކާސްޓުގައި ވާހަކަފުޅު ދެއްކެވުން |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 05:35

17 ސެޕްޓެމްބަރު 2025، 05:35

ތެދު ޙަޤީގަތާ އެކު ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ދެއްކޭނެކަމަށާއި ލިޔެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީ ހުރިހާ ކަމެއްގައި ވެސް އިސްލާމީ އުޞޫލުތަކާއި ހަމަތަކުގައި ހިފަހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މީހަކަށް ލިބޭނެ ގެއްލުމަކަށް ބެލުމެއް ނެތި، މީހުންގެ އަބުރާއި ކަރާމާތް ގެއްލޭގޮތަށް ހަމަ ހިތަށް އަންނަހާ އެއްޗެއް ލިޔެވިގެން ނުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ އިންސާނެއްގެ ގޮތުންވެސް ކުރެވިދާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. 

އިސްލާމްދީނުގައި މި އޮންނަނީ އަނބުރު ރައްކާތެރިކުރުން. އިސްލާމްދީން ފޮނުއްވި މައިގަނޑު ފަސް މަޤްޞަދުގެ ތެރެއިން އެއްކަމަކީ އަނބުރު ރައްކާތެރިކުރުން. އެހެންވީމާ ކޮންމެ މީހަކީވެސް، ކޮންމެ މީހަކީވެސް ކަރާމާތެއް އަނބުރެއް ލިބިގެންވާ މީހެއް ކަމުގައި ކަނޑައެޅުއްވީ މާތް ﷲ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޙަޤީގަތެއް ނެތް ވާހަކަތައް ފެތުރުމަކީ ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ކުރެވިދާނެ ކަމެއް ކަމުގައި އަދި އެކަމަށް ދިވެހި ރައްޔިތުން ތާއީދުކުރާނެކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ތެދު ޙަޤީގަތުގެ މައްޗަށް ބިނާކޮށް ކޮންމެ ވާހަކައެއް ވެސް ލިޔުމާއި، ދެއްކުމާއި، އަދި އޭގެ މައްޗަށް ކޮންޓެންޓު ވެސް ހެދުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން