ޚަބަރު
ފައްޔާޒް އިސްމާއީލް މިނިސްޓަރ އިހުސާންގެ ބަޔާންތަކާ ގުޅޭ މައްސަލަ އޭސީސީ އަދި ފުލުހުންނަށް ހުށަހަޅައިފި
ފައްޔާޒް އިސްމާއީލް ފޮޓޯ:އެޑިޝަން
ކުރީގެ ސަރުކާރުގެ ދައުރުގައި ޕޮލިސް ޔުނިޓުތަކެއް ޤާއިމުކުރުމާ ގުޅޭ މަޝްރޫޢަކާ ބެހޭގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އިހުސާން ދެއްވާފައިވާ މަޢުލޫމާތުތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށް ބުނެ، ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަލްފާޟިލް ފައްޔާޒް އިސްމާޢީލް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅުއްވާފައެވެ.
ފައްޔާޒްވިދާޅުވި ގޮތުގައި، މިނިސްޓަރ އިހުސާން ވަނީ އެކި މަންސަތަކުގައި މި މައްސަލައާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރުއްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން ދޭންޖެހޭ ޖަވާބުތައް އެކި މަންސަތަކުގައި ދެވިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، މިނިސްޓަރ އިހުސާން ތަޙްޤީޤީ އިދާރާތަކުގެ ބެލެނިވެރި ވަޒީރެއްގެ ގޮތުގައި ހުންނަވާންނަވާތާ އަހަރެއް ވެފައިވާއިރު، އެއްވެސް ތަޙްޤީޤެއް ނުކޮށް އަދި ދަޢުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުން ދިޔުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">މިނިސްޓަރު އިހުސާން ވަނީ ‘ކުރީސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި. އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް… <a href="https://t.co/J2GEMHIDQl">pic.twitter.com/J2GEMHIDQl</a></p>— Fayyaz Ismail (@faya_i) <a href="https://twitter.com/faya_i/status/1851209933414649927?ref_src=twsrc%5Etfw">October 29, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
"މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް އެދި އޭ.ސީ.ސީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިއަދު ހުށަހަޅައިފިން،" ފައްޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިނިސްޓަރ އިހުސާން މި ވާހަކަ ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ޙަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު ކަމަށެވެ.