Ads by Stelco

ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ޚާއްޞަ އޮނިގަނޑެއް

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ޚާއްޞަ އޮނިގަނޑެއް

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުން

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2025، 03:31

18 ސެޕްޓެމްބަރު 2025، 03:31

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ޚާއްސަ އޮނިގަނޑެއް ކަނޑައަޅާފައިވާ ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކޮށްފިއެވެ.


މި ޕޮލިސީ ލޯންޗުކޮށްދެއްވާފައިވަނީ ޔުނައިޓަޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ޓު ދަ ރިޕަބްލިކް އޮފް މޯލްޑިވްސް، މރ. ހާއު ޖަންގ އެވެ. ނެޝަނަލް ޕޮލިސީ އޮން އޭޖިންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މި ޕްލޭން ތަންފީޒްކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރުމަށް ބާރު އަޅާ، އެފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކޮށްދީ, މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރެވި, އެމީހުންނަކީވެސް އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެންދާނެކަމަށެވެ.


ހަމައެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާކަމަށާއި ދިވެހިރާއްޖެއަށް ވެސް މިބަދަލުތައް އަންނަމުން ދާކަމުގައި ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ %7 އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ %14 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މި ހިސާބުތަކުން ދައްކުވައިދެނީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށާއި މުސްތަޤުބަލުގައި އުމުރުން ދުވަސްވީ މީހުންނަށް ބާރުވެރިކަމާއި، ޢިއްޒަތާއި، ޝާމިލުވުމާއި، އަދި ރައްކާތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ޚާއްޞަ އޮނިގަނޑެއް

އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާޙް ކުރުން


އޯގާތެރި މުޖުތަމަޢެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެކެވެ. އެގޮތުން، "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ދޮށީ އުމުރުގެ މީހުންގެ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރެވިގެންދިއުމަކީ ރައީސުލްޖުމްހީރިއްޔާގެ މި ތަޞައްވުރު ފުރިހަމަކުރެއްވުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު އެއް މަސައްކަތްކަމުގައި ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.


ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުމަށް ފަހު، މި މަހުގެ 17 އަދި 18 ވަނަ ދުވަހު މި ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވެލިޑޭޝަން ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އެޖިންގް ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.
މި ޕްލޭންގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އެޖިންގް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން