ޚަބަރު
"މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ފެނަކައިން ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި- ފޮޓޯ: ފެނަކަ
ފަރުދުން
29 އޮކްޓޯބަރު 2024، 07:31
29 އޮކްޓޯބަރު 2024، 07:31
ސަރުކާރުން ކުރިއަށްގެންދާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޚިދުމަތަކީ ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޤުސަދުގައި، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާއި އަދި ހަކަތައާބެހޭ ވުޒާރާއާއި ގުޅިގެންނެވެ. އޭޑީބީ ފަންޑުގެ އެހީ ލިބިގެން ހިންގާ މި ޕްރޮގްރާމުގައިި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންނެވެ.
އެގޮތުން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ގޭބީސީތަކަށް ހުޅުވާލައިގެން ކުރިއަށްދާ މަގޭސޯލާ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި ފަސް ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައި ކަމަށް ފެނަކައިން ބުނެފައިވެއެވެ.
Fenaka, in partnership with the Ministry of Climate Change, Environment and Energy is excited to introduce the Magey Solar Programme — Apply Now, Scan the QR code or Visit https://t.co/XjvXS9mbLR#TeamFenaka pic.twitter.com/iiqfmwvUAb
— Fenaka Corporation Ltd (@TeamFenaka) October 29, 2024
މި ޕްރޮގްރާމްގައި ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައެޅިފައިވެއެވެ. އެއީ، އެއްފަހަރާ ފައިސާ ދެއްކުން ނުވަތަ އިންސްޓޯލްމަންޓް އުސޫލުން 1، 3 ނުވަތަ 5 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ، 3 ކިލޯވޯޓު ސިސްޓަމެއް 45,000 ރުފިޔާ، އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000 ރުފިޔާއެވެ.
މި ޚިދުމަތަށް އެދި ހުށައެޅުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޚިދުމަތަށް އެދެވޭނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.